ދިވެހިރާއްޖެ
ހައިކޯޓުގެ ދެކުނު ގޮފީގެ ކާރު ބާއްވާ ގަރާޖް މަރާމާތުކުރުން
ހައިކޯޓުގެ ނަންބަރު (IUL)95-PM/1/2018/11 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް ދެވެނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 09 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ހައިކޯޓުގެ ދެކުނު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޮގަސްޓް 2018 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު (މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ މަޢުލޫމާތުތަކާއެކު) ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި ހައިކޯޓުގެ ދެކުނު ގޮފީގެ މީޓިންގ ރޫމްގައި އެވެ. މަޢޫލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުސަތު ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ.
24 ޒުލްޤައިދާ 1439
06 އޮގަސްޓް 2018