ކުއްޔަށް ދިނުން
ނަންބަރު: (IUL)393/393/2018/ 34
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 13:18
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ދަނޑުބިން ސިޓީލާ ނީލަމުގައި ކުއްޔަށް ދޫކުރުމާބެހޭ

އަންހެނުންގެ ދަނޑުބިން ސިޓީލާ ނީލަމުގައި ކުއްޔަށް ދޫކުރުމާބެހޭ.

            ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކިނބިދޫ ރައްޔިތު އަންހެނުންގެ ދަނޑުބިން އެއްމެ މަތީ އަގެއް ހުށަހަޅުއްވާ ފަރާތަކަށް ސިޓީލާ ނީލަމުގައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވެއެވެ. މި ބިމުގައި ކުރެވޭނެ ދަނޑުވެރިކަމަކީ ބިމުގެ އާނުފަސް ނުނަގައި ކުރާ ކޮންމެ ދަނޑުވެރިކަމެވެ.   ބިމުގެ ބޮޑުމިނަކީ 7500 އަކަފޫޓެވެ.     ކުއްޔަށް ދޫކުރެވޭނެ މުއްދަތަކީ އެގްރިމްންޓް ގައި ސޮއިކުރާ ދުވަހުން ފެށިގެން މީލާދީން 1 އަހަރުގެ މުއްދަތެވެ. ނީލަން ފެށޭނީ -/250 އިންނެވެ. ނީލަމަށް އިތުރު ކުރެވޭނީ ކޮންމެފަހަރަކު މަދުވެގެން -/100 ރުފިޔާއެވެ. ޖެހިޖެހިގެން އެއްއަގެއް ރަސްމީ 5 ދުވަހު އޮވެއްޖެނަމަ އެއަގެއް ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ހުށަހަޅާފައިވާ އެއްމެ މަތީއަގު ކައުންސިލްގެ އިދާރާ ނޯޓިސް ބޯޑުން ފެންނަން ހުންނާނެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތަތަކުން އިތުރަށް މަޢުލޫމާތު ސާފުކުރަވަން ބޭނުންފުޅުނަމަ މި އިދާރާގެ ފޯނު ނަންބަރ: 6780031 ށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.  

     ވީމާ، މިއަދުން ފެށިގެން ކިނބިދޫ އަންހެނުންގެ ދަނޑުބިން ބީލަމަށް ހުޅުވާލައި މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

24  ޛުލްޤަޢިދާ 1439

06 އޯގަސްޓް  2018

06 އޮގަސްޓް 2018