މަސައްކަތް
ނަންބަރު: (IUL)23-AP/23/2018/175
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 12 އޮގަސްޓް 2018 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އާއިލާ ރޭވުމުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޕްރޮގްރާމާއި ވިޓަމިން އޭ، ފަނީ ބޭސް އަދި އަޔަން ފޮލިކް އެސިޑް ސަޕްލިމެންޓޭޝަން ޕްރޮގްރާމް ރިވިއުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އާއިލާ ރޭވުމުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޕްރޮގްރާމާއި ވިޓަމިން އޭ، ފަނީ ބޭސް އަދި އަޔަން ފޮލިކް އެސިޑް ސަޕްލިމެންޓޭޝަން ޕްރޮގްރާމް ރިވިއުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: IUL)23-AP/23/2018/168)  ޖުލައި 30 2018 އިއުލާންއާއި ގުޅިގެން ވާދަކުރާނެ ތިންފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 12 އޮގަސްޓް 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

24 ޛުލްޤައިދާ 1439

06 އޮގަސްޓް 2018