ދިވެހިރާއްޖެ
- މިސަރވިސްގެ ބޭނުމަށް ތިރީގައި މި ދަންނަވާ ޓޯނަރ ކާރޓްރިޖް 1 އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސަރވިސްގެ ނަމްބަރު 024171-G1(b)/IUL/2018/ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް މިއަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަޢުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
Estimated quantity needed /month
|
Item Description |
# |
16 toners per month |
Xerox Phaser 3320 High Capacity GENUINE Print Cartridge ü Cartridge Colors: Black ü Print Technology: Laser ü Capacity: 11,000 pages Part number: 106R02306 (Genuine) |
1 |
16 toners per month |
Xerox WorkCentre 3325 Black High Capacity GENUINE Print Cartridge ü Cartridge Colors: Black ü Print Technology: Laser ü Capacity: 11,000 pages Part number: 106R02312 (Genuine) |
2 |
16 toners per month |
Xerox WorkCentre 3220 High Capacity GENUINE Print Cartridge ü Cartridge Colors: Black ü Print Technology: Laser ü Capacity: 4100 pages Part number: 106R01487 (Genuine |
3 |
4 toners per month |
Xerox Phaser 3250 High Capacity GENUINE Print Cartridge ü Cartridge Colors: Black ü Print Technology: Laser ü Capacity: 5000 pages Part number: 106R01374 (Genuine) |
4 |
2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2018 އޮގަސްޓް 06 ވާ ހޯމަ ދުވަހުން ފެށިގެން 2018 އޮގަސްޓް 08 ވާ ބުދަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 200/-ރ ( ދުއިސައްތަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
3. މި ޕްރޮޖެކްޓްގެ ބިޑް ޑޮކިއުމަންޓްސް ކުރިން ބައްލަވައިގެންފައިވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓްސް އަލުން ގަންނަވަން ޖެހިވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑަށް އަލުން ނަން ނޯޓް ކުރައްވަން ވާނެއެވެ.
4. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2018 އޮގަސްޓް 09 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 އޮގަސްޓް 09 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން
އެދެމެވެ.
5. ބީލަން ހުޅުވުން އޮންނާނީ 2018 އޮގަސްޓް 15 ވާ ބުދަ ދުވަހުގެ 11:00 ގައި މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓްގައެވެ. ބީލަންތައް ހުންނަށްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
6. ބީލަންފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމުގައި އަދި ބިޑް ހުޅުވާ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގަތުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
05 އޮގަސްޓް 2018 މ.