ދިވެހިރާއްޖެ
މިއޮފީހަށް ތިރީގައި މިދަންނަވާ ތަކެތި ގަތުމަށް ކުރެވުނު ނަންބަރު (IUL)7-ADMN/1/2018/56 (25 ޖުލައި 2018)، އިޢުލާނާއި ގުޅިގެން ތިން ފަރާތަކުން ޝަރުތުހަމަވާ އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީވެ އެ އިޢުލާން ބާޠިލުކޮށް، މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.
ޢަދަދު |
އައިޓަމް |
5 |
ޕޯޓަބަލް އެސްއެސްޑީ |
1 |
ސަރވަރ ޔޫޕީއެސް |
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 އޮގަސްޓް 2018 ވާ އަންގާރަ ދުވަހުގެ 14:30 އަށް މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:30 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ހާޞިރުވެލައްވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.
މި ދެންނެވުނު ތަކެއްޗާއި ޕޮއިންޓު ދޭނެ އުސޫލާއި އަދި ބިޑާއި ބެހޭ އިތުރު މަޢުލޫމާތު ތިރީގައި މިވާ މިއޮފީހުގެ ވެބްސައިޓުގެ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
http://www.audit.gov.mv/procurement-announcements.aspx
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected] އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.