ދިވެހިރާއްޖެ
ޕްރޮޖެކްޓް އެސިސްޓަންޓް - އެޗް.ސީ.އެފް.ސީ ފޭސްއައުޓް މެނޭޖްމަންޓް ޕްލޭން
ޝަޢުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ޕްރޮޖެކްޓް އެސިސްޓަންޓް
އޯޒޯން ފަށަލައަށް ގެއްލުން ދޭ މާއްދާތައް ނައްތާލުމަށް ހަދާފައިވާ ބައިނަލް އަގްވާމީ މުޢާހަދާ، މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދަރ އޯޒޯން ލޭޔަރގެ ދަށުން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް، ޕްރޮޖެކްޓް އެސިސްޓަންޓެއް އައްޔަނުކުރުމަށް ބޭނުންވެއެވެ. ޕްރޮޖެކްޓް އެސިސްޓަންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: މޮންޓްރިއަލް ޕްރިޓޮކޯލްގެ ދަށުން ހިންގާ ޕްރޮޖެކްޓްތައް އިމްޕްލިމެންޓް ކުރުމަށް ކުރަންޖެހޭ ތިރީގައިމިވާ މަސައްކަތްތައް ކުރުން
ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްވުން އެދި ދަންނަވަމެވެ.
އުޖޫރަ - މުސާރަ: -/5610 ރުފިޔާ - ސަރވިސް އެލަވަންސް: -/1500 ރުފިޔާ އިތުރުގަޑީގައި ކުރާ މަސައްކަތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
މަސައްކަތުގެ މުއްދަތު:، - މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 01 އަހަރު ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ. އަދި ޑިޕާރޓްމަންޓް އަށް ބޭނުން ވެއްޖެނަމަ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު މުއްދަތު އިތުރު ކުރެވިދާނެއެވެ. ހުށަހަޅަށްޖެހޭ ލިޔުންތައް
ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.
ސުންގަޑި ޝައުޤުވެރިވާ ފަރާތްތަކުން 15 އޮގަސްޓް 2018 ވަނަ ދުވަހުގެ 12:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ މާފަންނު، ހަނދުވަރީ ހިނގުން ފޯނު ނަންބަރު: 3018369
އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.
އިތުރު މައުލޫމާތު: މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018329، 3018369 އަށް ގުޅުއްވުން އެދެމެވެ.
5 އޮގަސްޓް 2018 |