މަސައްކަތް
ނަންބަރު: (IUL)23-AP/23/2018/172
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 09 އޮގަސްޓް 2018 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޕަބްލިކް ހެލްތު ސާރވެއިލެންސް އެންޑް އިމިއުނައިޒޭޝަން ވޯރކްޝޮޕަށް ބޭނުންވާ ހޯލް ކުއްޔަށްހިފުމާއި ކޭޓަރިންގގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން 02 ސެޕްޓެމްބަރ 2018 އިން 06 ސެޕްޓެމްބަރ 2018 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕަބްލިކް ހެލްތު ސާރވެއިލެންސް އެންޑް އިމިއުނައިޒޭޝަން ވޯރކްޝޮޕަށް ބޭނުންވާ ހޯލް ކުއްޔަށްހިފުމާއި ކޭޓަރިންގގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 09 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޮގަސްޓް 2018 ވާ ބުދަ ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

23 ޛުލްޤައިދާ 1439

05 އޮގަސްޓް 2018