ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)383/383/2018/52
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 09 އޮގަސްޓް 2018 13:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމައްޗާއި ރަށުތެރޭގައިހުރި މަގުބައްތިތައް މަރާމާތުކުރުން

ބަނދަރުމައްޗާއި ރަށުތެރޭގައިހުރި މަގުބައްތިތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޮގަސްޓް 09 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮގަސްޓް 16 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަތް ފަރާތްތަށް ފިޔަވައި އެހެނިހެން ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލްޕްމަންޓް ގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށްވެސް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ވެރިފަރާތުގެ ސިޓީއަކާއި ދެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރުދުން މަޢުލޫމާތު ސާފުކުރާނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއަކާއި މައުލޫމާތު ސާފުކުރުމަށް ކުންފުނީގެ ފަރާތުން ހާޒިރުވާ ފަރާތް އަންގައިދޭ ލިޔުމެއް ގެންނަންވާނެއެވެ.

މި އިޢުލާނާބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 6780701 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

02 އޮގަސްޓް 2018