މަޤާމް:
|
ޗީފް އައިސީޓީ އެގްޒެކްޓިވް
|
|
މަޤާމުގެ ނަންބަރު:
|
J-290805
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
މަޤާމުގެ ރޭންކް:
|
އީ.އެކްސް.5
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޑިރެކްޓަރ ޖެނެރަލް
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ
|
|
މުސާރަ:
|
މަހަކު -/13890 ރުފިޔާ
|
|
ސަރވިސް އެލެވަންސް:
|
މަހަކު -/2000 ރުފިޔާ
|
|
ރިސްކް އެލެވަންސް:
ޓެކްނިކަލް ކޯ އެލަވަންސް:
|
-/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)
މަހަކު 3889.20 ރުފިޔާ (މުސާރައިގެ %28 އިންސައްތަ)
|
|
އެހެނިހެން އެލަވަންސް:
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ދަންފަޅި އުސޫލުން މަސައްކަތްކުރައްވާނަމަ ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ލިބޭ ފައިސާ.
|
|
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ހޮސްޕިޓަލްގެ އިންފޮމޭޝަންއާއި ގުޅުންހުރި އުސޫލްތަކާއި ކޮމްޕިއުޓަރ ސިސްޓަމްތައް ބޭނުންކުރުމަށް ކަނޑައަޅާގޮތް ޕްރޮސީޖަރތައް ތައްޔާރުކުރުމާއި، ހޮސްޕިޓަލްގައި އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އަމަލުކުރަމުންދާކަން ކަށަވަރުކުރުމުގެ އެންމެހައި މަސައްކަތްތައްކުރުން
- ހޮސްޕިޓަލަށް ހޯދަންޖެހޭ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ތަކެތި، ސޮފްޓްވެއަރ އަދި އައިޓީ ޑިޕާޓްމަންޓް ހިންގުމުގެ އުސޫލުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ގެންނަންޖެހޭ ބަދަލު ގެނައުމާއިި ތަރައްގީކުރުން.
- ހޮސްޕިޓަލްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފެންވަރު ރަނގަޅު ކޮމްޕިއުޓަރ ސިސްޓަމްތައް ފޯރުކޮށްެދިނުމާއި މުވައްޒަފުންނަށް ޓްރަބަލް ޝޫޓް އަދި ސަޕޯޓް ޓްރޭނިންގ ފޯރުކޮށްދިނުމުގެ އިތުރުން ހޮސްޕިޓަލްގައި ބެހެއްޓިފައިހުރި ކޮމްޕިއުޓަރ ސިސްޓަމްތަކަކީ ޚިދުމަތަށް ބުރޫ ނާރާގޮތަށް ފަންކްޝަންކުރާ ސިސްޓަމްތަކަކަށް ހެދުމަށްޓަކައި ސިސްޓަމްތަކަށް ބޭނުންވާ މެއިންޓަނަންސް މަރާމާތުކުރުމާިއ ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައްރާވާ ހިންގުން.
- ހޮސްޕިޓަލަށް ބޭނުންވާ ކޮމްޕިއުޓަރ އަދި އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުންހުރި ތަކެތި ގަތުމާއި އެތަކެތީގެ ބްރޭންޑްތަކާއި ހޮސްޕިޓަލުން ބޭނުންވާކަހަލަ ތަކެތި ގަތުމުގައި ތަކެއްޗާއިބެހޭ މައުލޫމާތު ފައިނޭންސް / ޕްރޮކިއުމެންޓާއި ހިއްސާކުރުމުގެ އިތުރުން އިންސްޓޯލްކުރުން.
- ހޮސްޕިޓަލުގައި ބެހެއްޓިފައިހުރި ކޮމްޕިއުޓަރ ސިސްޓަމްތަކާއި ޑިޕާޓްމަންޓްމަންޓުތަކުގައި ގާއިމްކުރެވިފައިވާ އެކިއެކި އައިޓީއާއި ގުޅުންހުރި ޕްރޮގްރާމަށް ދިމާވާ މައްސަލަތައް ވީހާވެސް އަވަސް މިނެއްގައި ހައްލުކުރުމާއި އަޕްޑޭޓްކުރުން އަދި ދެމެެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދިނުމުގައި ނިޒާމް ގާއިމްކުރުން.
- ހޮސްޕިޓަލްގެ އެކިއެކި ދާއިރާތަކުގެ ހިންގުން ތަރައްގީކުރުމަށާއި އިތުރަށް ފުޅާކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި ޑިޕާޓްމަންޓްތަކާއި ހިއްސާކުރުން. މިގޮތުން މި މަސައްކަތްކުރެވޭވަރު މަސައްކަތުގެ ފެންވަރު އަދި މަސައްކަތުގައި ހޭދަވާ ވަގުތާއި ކޮންމެ މަސައްކަތަކަށް ހިންގާ ޚަރަދުގެ މައުލޫމާތު ޑިޕާޓްމަންޓާއި ހޮސްޕިޓަލްގެ މެނޭޖްމަންޓާއި ހިއްސާކުރުން.
- ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޑިޕާޓްމަންޓުގައި ޓްރޭނިންގތައް ހިންގުމާއި މަސައްކަތަށް ބޭނުންވާ އެހީތެރިކަމާއި ގައިޑަންސް ފޯރުކޮށްދިނުން. އަދި ޑިޕާޓްމަންޓުގެ މަސައްކަތަށް ބުރޫނާރާނޭހެން މުވައްޒަފުން ހަމަޖެއްސުމާއި ބެލެހެއްޓުމަށްޓަކައި ހިއުމަން ރިސޯސް ޑިޕާޓްމަންޓާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
- ޑިޕާޓްމަންޓުގެ މަސައްކަތްތައް ބޭނުންވާ ބަޖެޓް ހެދުމާއި ފައިސާ ބޭނުންކުރުމުގައި ޑިޕާޓްމަންޓުގެ މަސައްކަތްތައް ރާވާ ހިންގުމަށް އެކުލަވާލެވިފައިވާ ޕްލޭނާއި އެއްގޮތަށް ކުރިޔަށްގެންދިއުން.
- ހޮސްޕިޓަލްގެ މައުލޫމާތު އެއްކޮށް ރައްކާތެރިކަމާއެކު ބެލެެހެއްޓޭނެ ނިޒާމެއް ގާއިމްކުރުމާއި ކޮމްޕިއުޓަރ ސިސްޓަމްއަށް ލިބިދާނެ ގެއްލުންތަކަށް ހައްލުހޯދުމުގެ ތައްޔާރީތައް ކޮށްދިނުމާއި ބެލެެހެއްޓުން.
- ހޮސްޕިޓަލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ ނުވަތަ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ އަންގަވާ ދާއިރާއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމުގައި ބައިވެރިވުމާއި ހިންގުން.
- އައިސީޓީ ޑިޕާޓްމަންޓަށް ހޯދޭ ތަކެތީގެ ތެރެއިން ޕްރިމެންޓިމް މެއިންޓަނަންސް ހަދަންޖެހޭ ތަކެތީގެ މެއިންޓަނަންސް ގަވާއިދަށް ހެދޭތޯ ކަށަވަރުކުރުމާއި އައިސީޓީއާއި ގުޅުންހުރި ސިސްޓަމްތައް ނުކުންނާނޭފަދަ ނިޒާމެއް ގާއިމްކުރުން.
|
|
މަޤާމުގެ ޝަރުތުތައް:
|
- ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. މި ތަޖުރިބާގެ ތެރޭގައި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާއާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާެއެވެ. އަދި މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
|
- ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޯގަސްޓް 2018 ވާ ބުދަ ދުވަހުގެ 13.30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކުރައްވާނަމަ ކުރައްވާނީ [email protected] އަދި ފެކްސް ނަންބަރީ 3316640އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 26 އޯގަސްޓް 2018އާއި 3 ސެޕްޓެމްބަރ 2018 އާ ދެމެދު، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯން އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3316640 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|
|
|
23 ޛުލްޤައިދާ 1439
5 އޯގަސްޓް 2018
|