ޢާންމު މަޢުލޫމާތު
ނަންބަރު: GS102/IUL/2018/17
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 08 އޮގަސްޓް 2018 13:00
ށ. ނޫމަރާ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ ކަމުގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

c

 

އިޤްތިޞާދީ ފުއްދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން

ނޫމަރާ ސްކޫލް  

ނޫމަރާ،  ދިވެހިރާއްޖެ

 

   ތާރީޚް:05 އޮގަސްޓް 2018                                         ނަންބަރު: GS102/IUL/2018/17

 

ވަޒީފާގެ ފުރުޞަތު

 

 

މަޤާމް:                         ރިލީފް ޓީޗަރ ( ކޮންޓްރެކްޓް )

ބޭނުންވާ އަދަދު:                   01

ވަޒީފާއޮތް އޮފީސް:                 ށ.ނޫމަރާ ސްކޫލް

ގިންތި:                         ވަގުތީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :       އެކަޑަމިކް ސެކްޝަން ، ނޫމަރާ ސްކޫލް / ށ.ނޫމަރާ

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

 

  1. ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް އުނގަންނައި ދިނުމުގެ އެންމެހައި ޙަރަކާތްތައް ރާވާ ހިންގުމުގައި ޕްރީސްކޫލް ޓީޗަރަށް އެހީތެރިވެދިނުން.
  2. ކީ ސްޓޭޖް ކުލާސްތަކަށް ސަބްޓިޓިއުޝަން ގަޑިތައް ނަގައިދިނުން.
  3. ސްކޫލްގެ ވަސީލަތްތައް އެންމެ ފައިދާ ހުރިގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތި ކުރުމަށް މަސައްކަތް ކުރުން.
  4. މުޖްތަމައާއި ސްކޫލާއި އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއް ކަމަށް ހެދުން.
  5. ސްކޫލްގައި ރާވާހިންގާ އިތުރު ހަރަކާތްތަކުގައި ކުލަބުތަކަށާއި ހައުސްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  6. ސްކޫލުން އިންތިޒާމްކޮށްގެން ރާވާހިންގާ އެކިއެކި ކަންކަމުގައި އެހީތެރިވެދިނުން.

ޝަރުތު:                                

 

ކުރިމަތިލާ ފަރާތުގެ އެންމެ މަތީ ފެންވަރަކީ

މުސާރަ ( މަހަކު )

ސަރވިސް އެލަވަންސް (މަހަކު)

* ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވުން

4500.00 ރ

1500.00 ރ

* މަތީ ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވުން

5500.00 ރ

1500.00 ރ

* ކިޔަވައިދިނުމުގެ ރޮނގުން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން

6060.00 ރ

2500.00 ރ

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  • ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ސިވިލްސާރވިސްއަށް ވަނުމަށް ދެވޭ އިމްތިހާނުގެ ނަތީޖާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަވިއުއަށް ބަލައިގެން.

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތަނުގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށައެޅުމުންނެވެ.                            

އިންޓަރވިއު ކުރުން

 

  • ·         މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ކުރެވޭ އިންޓަވިއު އޮންނަތާރީޙާއި ގަޑި ސޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އަންގާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

ހ- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމް ށ.ނޫމަރާ ސްކޫލްގެ ރަސްމީ ގަޑި ކަމަށްވާ ހެނދުނު 08:00 ން މެންދުރުފަހު 14:00 ދެމެދު ސްކޫލުންނާއި ސިވިލް ސަރވިސް ގެ ސައިޓު ) އިން ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ނުވަތަ އަސްލާ އެއްގޮތްކަމަށް ތައްގަޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

-       ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ށ. ނޫމަރާ ސްކޫލަށް އެޑްރެސްކޮށެވެ.

-       ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2018 އޮގަސްޓް 08 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00އެވެ.

 

ނޯޓް:

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުންށ. ނޫމަރާ ސްކޫލްގެ ނަންބަރު 6540583 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

                                                    އެބެނެޒާ ފްރެންސިސް

                                                      ޕްރިންސިޕަލް

05 އޮގަސްޓް 2018