ކުއްޔަށް ހިފުން
ނަންބަރު: (IUL)196-C/1/2018/36
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 09 އޮގަސްޓް 2018 14:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.

   ނަންބަރު: IUL)196-C/1/2018/36)

އިޢުލާން

އެޕާޓްމަންޓެއް ބޭނުންވެއްޖެ.

                 މިއޮފީހުގެ ބޭނުމަށް 1 ކޮޓަރީގެ އެޕާޓްމަންޓް އަދި އޮފީސް ޖާގައެއް ޏ. ފުވައްމުލަކުން ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)196-C/1/2018/28) އިޢުލާނާ ގުޅިގެން، އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

                 ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުތަކާއެކު 2018 އޮގަސްޓު 09 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއޮފީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރީޢާއިން ހުށަހަޅުއްވާނަމަ، ސުންގަޑި ހަމަވުމުގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

  • ކުލި
  • ކުއްޔަށްދޫކުރަން ޤަޞްތުކުރާ މުއްދަތު
  • ޢިމާރާތުގެ ބޮޑުމިން (އިންތަކާއި މިންތައް ހިމެނޭގޮތުގެ) ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ކުރެހުމެއް
  • ޢިމާރާތުގެ ޙާލަތު އެނގޭނެ ލިޔުމަކާއި ކުލަ ފޮޓޯތައް

23 ޛުލްޤަޢިދާ 1439

05 އޮގަސްޓް 2018