ދިވެހިރާއްޖެ
އިޢުލާން
ރައްކާތެރިގޮތުގައި ކުނިމެނޭޖުކުރުމާއި ކުނި ނައްތާލުމާއި ގުޅޭ
ރަށުގައި އުފެދޭ ކުނި، ކުނިކޮށްޓަށް ޖަމާކޮށް ރައްކާތެރިގޮތުގައި ކުނި ނައްތާލުމާއި ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ފެށުމަށްޓަކައި، "ރައްކާތެރިގޮތުގައި ކުނިމެނޭޖު ކުރުމާއި ކުނި ނައްތާލުމާއިބެހޭ އުސޫލު" ވަނީ އެކުލަވާލެވިފައެވެ. މިއުސޫލު ފާސްކޮށް ޢަމަލު ކުރަން ފެށުމުގެ ކުރިން މި އުސޫލަށް އާންމުންގެ ޚިޔާލު ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި އުސޫލަށް އެއްވެސް ފަރާތަކުން ޚިޔާލެއް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ 09 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އިދާރާއަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ. އަދި މި އުސޫލު މި އިޢުލާނާއެކު އާންމު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ޛުލްޤާއިދާ 1439
02 އޯގަސްޓް 2018
`
ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމާއި ކުނި ނައްތާލުމާއިބެހޭ އުޞޫލު
- 1. ތަޢާރަފާއި ނަން:
(ހ)- މިއީ ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދު ނަންބަރު: 2013/R-740 ގެ 13 ވަނަ މާއްދާއިން ބާރު ލިބިގެން އެގަވާއިދު ނަގަހައްޓާ ހިންގުމަށްޓަކައި މާކުރަތު ކައުންސިލްގެ އާންމު ޖަލްސާއިން ފާސްކޮށް ޢަމަލު ކުރުމަށް ހަދައިފައިވާ "ރައްކާތެރިކަމާއެކު ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލެވެ.
(ށ)- މި އުޞޫލުގައި ބަޔާން ވެގެންވާނީ މިނިޒާމުގެ ދަށުން ޢަމަލުކުރާނެ ޢާންމު އުސޫލުތަކާއި، ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް ކުނި ނައްތާލާ ނިޒާމުގައި ބައިވެރިވާ ފަރާތްތަކާއި އަދި އެ ނިޒާމުގައި ބައިވެރި ނުވާ ފަރާތްތައް ޢަމަލު ކުރަންވީ ގޮތުގެ އުޞޫލުތަކެވެ.
2- މަޤުޞަދު:
(ހ)- " ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމާއި ކުނި ނައްތާލުމާއި ބެހޭ އުޞޫލް" އެއް ހެދުމުގެ މައިގަނޑު މަޤުޞަދަކީ ރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތެއްގައި އާންމު ރައްޔިތުންނަށް އުނދަގުލާއި ދަތި ނުފޯރާނެހެން ވަކި ތަރުތީބަކުން ފަސޭހަކަމާއެކު ހަރުދަނާ އުސޫލަކުން ކުނި ނައްތާލުމަށް ޢަމަލު ކުރުމެވެ.
(ށ)- އަދި ރަށުގެ އާންމު ސާފުތާހިރުކަން އިތުރުކޮށް ރަށާއި ރަށުގެ ފަޅާއި، ފަރު ކުނިބުނިން ރައްކާތެރިކޮށް ތިމާވެށި ހިމާޔަތްކޮށް އާންމު ރައްޔިތުންގެ ޞިއްޚަތު ރައްކާތެރިކޮށް ރައްޔިތުން ކުނީގެ މައްސަލައަށް ހޭލުންތެރިކަން އިތުރުކޮށް ސާފު ރަށެއްގެ ގޮތުގައި ބޭއްވުމެވެ.
3- ޢަމަލު ކުރަން ފަށާ ތާރީޚް:
މިއުސޫލަށް ޢަމަލު ކުރަން ފަށާނީ، މިއުސޫލު ކައުންސިލުން ފާސްކޮށް ގެޒެޓުގައި ޝާޢިރު ކުރާ ދުވަހުން ފެށީގެންނެވެ.
4- ކުރީގައި ހިނގާފައިވާ ކަންކަމަށް މިއުސޫލު ހިންގުން
(ހ) މިއުސޫލަށް ޢަމަލުކުރަން ފެށުމުން ކުރިން "ކުނި އުކާލުމާއި ކުނި ނައްތާލުމުގެ އުސޫލު" ގެ ދަށުން ކުރަމުން އައިސްފައިވާ ކަންކަމުގެ ތެރެއިން މިއުސޫލާއި އެއްގޮތަށް ކުރަމުން އައި ކަންކަން ފިޔަވާ އެހެންކަންކަން މިއުސޫލާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަންވާނެއެވެ.
5- ޚިދުމަތައް ރަޖިސްޓްރީކޮށްގެން ކުނި ނައްތާލުން
(ހ) މިއުސޫލުގެ ދަށުން ކުނި ނައްތާލުމުގެ ޚިދުމަތް ދާއިމީކޮށް ލިބިގަތުމައްޓަކައި މިކައުންސިލުގައި ޚިދުމަތް ހޯދުމަށް އެދި ރަޖިސްޓްރީ ކުރަންވާނެއެވެ. މިގޮތުން ޚިދުމަތް ދިނުމުގެ ކުރިން ޚިދުމަތަށް އެދޭ ފަރާތާއި ކައުންސިލާއި ދެމެދު ކުނި ނައްތާލުމުގެ އެޤްރިމެންޓްގައި ސޮއި ކުރަންވާނެއެވެ.
6- މިނިޒާމުގެ ދަށުން ޢަމަލުކުރާނެ އާންމު ޢުސޫލުތައް:
6.1 ކުނި ކޮއްޓަށް ކުނި އެޅުމުގައި ޢަމަލު ކުރަންޖެހޭ ގޮތް
(ހ) ރަށުގައި އުފެދޭ އަދި އުފައްދާ އެންމެހާ ކުނިބުނިތައް އުކާލުމަށް އަދި ނައްތާލުމަށް ނުވަތަ ކުނި އަންދާލައިގެން ނައްތާލުމަށް ކުނި ޖަމާކުރާނީ ކައުންސިލުން ކުނި މެނޭޖްކުރުމަށް ކަނޑައަޅާފައިވާ ކުނި ކޮއްޓަށެވެ.
(ށ) ކޮނި ކޮށްޓަށް ކުނި އަޅަންވާނީ ތަފާތު ކުނިތައް އެޅުމަށް ނަންބޯޑު ޖަހާފައިވާ ނުވަތަ ފާހަނގަ ކުރެވިފައިވާ ތަންތަނަށް އެބާވަތްތަކުގެ ކުންޏެވެ.
(ނ) ކުނީގެ ގޮތުގައި ހިމެނޭ އެއްވެސް އެއްޗެއް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރ. މާކުރަތު ކުނިކޮށްޓަށް ނޫންތަނަކަށް އެއްވެސް ފަރާތަކުން އަޅައިގެން ނުވާނެއެވެ. ކުނި ޖަމާކުރުމަށް ކަނޑައަޅާފައިވާ މާކުރަތު ކުނިކޮށްޓަށް ފިޔަވާ އެނޫން ތަނަކަށް ކުނި އަޅައިފި ނަމަ ބެލެވޭނީ މިއުސޫލާއި އަދި މާކުރަތުގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ނަންބަރު 2013/R-740 ގަވާއިދާ ޚިލާފުވީ ކަމަށެވެ.
(ރ) ކުނި އެޅުމަށް ޚާއްޞަކުރެވި ކަނޑައެޅިފައިވާ ތަނަށް ކުނި ނާޅައި، އެނޫން ތަންތަނަކަށް އެއްވެސް ފަރާތަކުން ކުނި އަޅައިފި ނަމަ ނުވަތަ މިއުސޫލާއި އަދި ގަވާއިދުގައި މަނާކޮށްފައިވާ ކަމެއް ކޮށްފިނަމަ މިއުޞޫލާއި ގަވާއިދާ ޚިލާފުވީކަމަށް ބަލައި އެފަރާތަކާއި މެދު މާކުރަތުގައި ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދު، ނަންބަރު 2013/R-740 ގަވާއިދާއި، މިއުސޫލުގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.
(ބ) އަދި ރަށު ތެރެއަށާއި ރަށުގެ ހޭޅިއަށާއި ރަށުގެ ގޮނޑުދޮށާއި މަގުތަކާއި އާންމު ބިންތަކާއި، ފަޅުތެރެއަށް ކުނި އަޅަމުން ގެންދާނަމަ ތިމާވެށި ހިމާޔަތް ކޮށް ރައްކާތެރި ކުރުމާއި ބެހޭ ގޮތުން ހެދިފައިވާ ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ
6.2 މިނިޒާމުގައި ބައިވެރިވެވޭނެ ގޮތާއި އަދި ފީ ނެގޭނެ ގޮތް
(ހ) މިނިޒާމުގައި ބައިވެރިވުމަށްޓަކައި "ރައްކާތެރި ގޮތުގައި ކުނި އުކާލުމުގެ ޚިދުމަތަށް އެދޭ ފޯމު" (އެނެކްސް 2 ގައިވާ ފޯމު) ފުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހަޅަންވާނެއެވެ.
(ށ) މިނިޒާމުގައި ބައިވެރިވާ ފަރާތްތަކުން "ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމާއި ކުނި ނައްތާލުމާއިބެހޭ އުޞޫލީ އެއްބަސްވުމުގައި" ސޮއިކުރަންވާނެއެވެ.
(ނ) މިނިޒާމުގައި ބައިވެރިވާ ފަރާތްކުން ތިރީގައި މިދަންނަވާ ފީ، މަހު ފީގެ ގޮތުގައި މާކުރަތު ކައުންސިލްގެ އިދާރާއަށް ދައްކަންވާނެއެވެ.
# |
ތަފްޞީލް |
ރޭޓް |
1 |
ގޭބިސީތަކުން |
150.00 |
2 |
ފަޅުގޯތި/ އަލަން ޢިމާރާތްކޮށް ދިރިއުޅެން ނުފަށާ ގޯތި |
100.00 |
3 |
ކައުންސިލް އިދާރާ |
800.00 |
4 |
ވިޔަފާރިތައް |
200.00 |
5 |
ސައިހޮޓާ/ ރެސްޓޯރެންޓް/ ކެފޭތައް |
200.00 |
6 |
ވޯކް ޝޮޕްތައް/ ވަޑާންގެތައް |
200.00 |
7 |
ޞިއްޚީ މަރުކަޒު |
800.00 |
8 |
ސްކޫލު |
800.00 |
9 |
އިންޖީނުގެ |
800.00 |
10 |
މިސްކިތްތައް |
800.00 |
11 |
ދިރާގު ސައިޓް |
600.00 |
12 |
އުރީދޫ ސައިޓް |
600.00 |
13 |
ފުޓުބޯޅަ ދަނޑު |
300.00 |
14 |
ކުޅިވަރު ކުލޭ ދަނޑު ބިންތަކާއި އެހެނިހެން ކުޅިވަރު ކޯޓުތައް/ ޕާރކްތައް |
300.00 |
15 |
އިޖްތިމާޢީ މަރުކަޒުތައް |
800.00 |
16 |
މެޖިސްޓްރޭޓް ކޯޓް |
800.00 |
17 |
ޕްރީ ސްކޫލް |
300.00 |
18 |
ކުލަބު ޖަމިއްޔާތައް |
150.00 |
19 |
އަންހެނުންގެ ކޮމިޓީ |
300.00 |
20 |
ބޭސް ފިހާރަ |
200.00 |
21 |
ކޮންސްޓްރަކްޝަން މަސައްކަތު ސައިޓު |
200.00 |
22 |
އިޖްތިމާޢީ ސަރަޙައްދު |
800.00 |
23 |
ޓައްޕު ނުވަތަ ބާލިދީގައި ކުނި ގެންދާނަމަ (ގޭޓު ފީ) ކޮންމެ ޓައްޕަކަށް ނުވަތަ ބާލިދީއަކަށް |
5.00 |
24 |
ވީލްބަރޯގައި ކުނި ގެންދާނަމަ ދަތުރަކަށް (ގޭޓް ފީ) |
10.00 |
25 |
އަތްގާޑިޔަލުގައި ކުނި ގެންދާނަމަ ދަތުރަކަށް (ގޭޓް ފީ) |
20.00 |
26 |
ރަށު ޕިކަޕުގައި ކުނި ގެންދާނަމަ ދަތުރަކަށް (ގޭޓް ފީ) |
30.00 |
27 |
ޕިކަޕްގައި ކުނި ގެންދާނަމަ ދަތުރަކަށް (ގޭޓް ފީ) |
50.00 |
28 |
ގެސްޓް ހައުސް (1 ރޫމުން ފެށިގެން 6 ރޫމަށް) |
200.00 |
29 |
ގެސްޓް ހައުސް (7 ރޫމުން ފެށިގެން 12 ރޫމަށް) |
300.00 |
30 |
ގެސްޓް ހައުސް (13 ރޫމުން ފެށިގެން މައްޗަށް) |
600.00 |
31 |
ހަރުގެ ވަޅުތައް |
150.00 |
32 |
ބަކަރި ކޮށިތައް |
150.00 |
33 |
ދަނޑުބިންތައް |
50.00 |
34 |
ކަނޑު އުޅަނދުފަހަރާއި ފެރީ ދަތުރު ކުރާ އުޅަނދުފަހަރު |
100.00 |
35 |
އަމިއްލައަށް ކުނި ކޮއްޓަށް ކުނި ގެންދިއުމަށް |
100.00 |
(ރ) މި ނިޒާމުގައި ބައިވެރިވާ ފަރާތްތަކުން މާކުރަތު ކައުންސިލްގެ އިދާރާއަށް ފީ ދަންކަންވާނީ ކުރިއަށް އޮންނަ މަހުގެ ފީ ހިނގާމުންދާ ކޮންމެ މީލާދީ މަހެއްގެ ފުރަތަމަ 10 ދުވަހުގެ ކުރިންނެވެ.
(ބ) މިނިޒާމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ފީކާޑެއް މާކުރަތު ކައުންސިލުން ދޫކޮށްފައި އޮންނާނެއެވެ. ފީ ދައްކަން އަންނައިރު ފީކާޑު ގެންނަންވާނެއެވެ. ފީ ދެއްކުމަށްފަހު ކޮންމެ ފަރާތަކަށްވެސް ފައިސާ ބަލައިގެންފައި ދޫކުރާ ރަސީދު މާކުރަތު ކައުންސިލުން ދޫކޮށް ފީކާޑުގައި ފީ ދެއްކި މަހާއި ދިމާލުގައި މާކުރަތު ކައުންސިލްގެ ސިއްކަ ޖަހައި ސޮއިކުރާނެއެވެ.
(ޅ) މި ނިޒާމުގައި ބައިވެރިވެފައިވާ ފަރާތްތަކުން އެއްބަސްވުމާއި އެއްގޮތަށް ފީ ނުދައްކާނަމަ އަންނަނިވި އުސޫލުން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.
(1) ޖޫރިމަނާ ކުރެވޭނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރަށް ފީ ނުދައްކައިދާ ކޮންމެ ދުވަހަކަށް ފީގެ %2 ގެ ރޭޓުން ނެވެ.
(2) ހިނގާމަހުގެ 30 ވަނަ ދުވަހުގެ ކުރިން ފީ ނުދައްކައިފިނަމަ އެތަނަކުން ކުނި ނެގުން ހުއްޓާލެވޭނެއެވެ.
(3) ފީ ނުދައްކައިގެން ކުނި ނެގުން ހުއްޓާލެވިފައިވާ ތަނަކުން ކުނި ނަގަން ފެށޭނީ ޖޫރިމަނާއާއެކު ދައްކަންޖެހޭ ފީތައް ދެއްކުމުންނެވެ.
(ކ) ފީ ދެއްކުން ލަސްވެ ޖޫރިމަނާ ވެފައިވާ ފަރާތްތަކުން މާކުރަތު ކައުންސިލްގެ އިދާރާއިން ފީ ބަލައިގަންނާނީ ވެފައިވާ ޖޫރިމަނާ ފައިސާއާއެކުގައެވެ.
(އ) ކުނި ނެގުމަށް ދާން ހަމަޖެހިފައިވާ ގަޑިއަކީ، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 8:00 ން ފެށިގެން މެންދުރުފަހު 14:00 އާއި ދެމެދުއެވެ.
(ވ) އުކާލުމަށް ބޭނުންވާ ކުނި ހުންނަންވާނީ ގޯތިން ކަނޑައަޅާ ދޮރޯޓެއްގެ ކައިރީގައި ގޯތި ތެރޭގައި ފަސޭހައިން ނެގޭގޮތަށް، ފަތްކުނި، ދަގަނޑު، ޕްލާސްޓިކް، ބިއްލޫރި، އަޅިއާއި ބަދިގެ ބާކީ، ނެފީ، އިލެކްޓްރޯނިކް ކުނި، އަދި ޑަސްބިން (ކާބޯ ތަކެއްޗާއި، ކުނިވާ ޒާތުގެ ކުނި) ވަކިވަކިން އެއްޗިއްސައް އަޅައި ބަންދު ކުރެވި ފަސޭހައިން އުފުލައި ގެންގުޅެވޭ ގޮތަށް ބެހެއްޓިފައެވެ.
(މ) މި މާއްދާގެ (ވ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކުނި ވަކިވަކިން ބެހެއްޓިފައި ނެތް ނަމަ އެދުވަހަކު އެގެއަކުން ކުނި އުކާ ނުލެވޭނެއެވެ. ދެން އެގެއަކުން ކުނި އުކާލެވޭނީ މި މާއްދާގެ (ވ) ގައިވާ ގޮތަށް ކުނި ވަކިކޮށް އެކަން އިސްލާޙު ކުރުމުން ޖެހިގެން އަންނަ ދުވަހުއެވެ.
(ފ) ޚައްޞަ ޙާލަތުގައި އުފެދޭ ކުނިބުނިތައް އުކާލެވޭނީ ދަތުރަކަށް -/60 ރުފިޔާ މާކުރަތު ކައުންސިލްގެ އިދާރާއަށް ދެއްކުމުންނެވެ. (ޚާއްޞަ ޙާލަތްކަމަށް ބުނެފައި އެވަނީ މި މާއްދާގެ (ވ) ގައި ބަޔާން ކޮށްފައިވާ ކުނި ފިޔަވާ އެނޫން ކުނިތަކަށެވެ)
(ދ) ރަށުގައި ކުރިއަށްދާ އެކިއެކި ޕްރޮޖެކްޓްތަކުގެ ދަށުން ކުރާ މަސައްކަތުގެ ތެރެއިން އުފެދޭ ކުނިބުނިތައް އުކާލަންވާނީވެސް މިއުސޫލުގެ ދަށުންނެވެ. މިގޮތުން މިފަދަ ދަތުރުތައް ކުރާނީ ދަތުރަކަށް -/60 (ފަސްދޮޅަސް) ރުފިޔާ މާކުރަތު ކައުންސިލްގެ އިދާރާއަށް ދެއްކުމުންނެވެ.
7- ކުނި އެންދުން
(ހ) އެއްވެސް މީހަކަށް ދޫކޮށްފައިވާ ގޯއްޗެއްގެ ތެރޭގައި ނުވަތަ ބަންޑާރަ ބިމެއްގައި ނުވަތަ އަމިއްލަ ބިމެއްގައި ނުވަތަ އާންމު ތަނެއްގައި ވިޔަސް ކުނި އަންދާނަމަ ކުނި އަންދަންވާނީ އެކަން ކުރުމުގެ ކުރިން ކައުންސިލަށް ލިޔެ، ލިޔުމަކުން ހުއްދަ ހޯދައިގެން އެހެން މީހުންނަށް ދަތިނުފޯރާ ގޮތެއްގެ މަތިންނެވެ.
(ށ) ގޭސް ރައްކާކުރެވިފައިވާ ތަކެއްޗާއި، ޕްލާސްޓިކް އަދި ފައިބަރ ފަދަ ތަކެއްޗާއި އެ އެއްޗެއް އެންދުމުގެ ސަބަބުން ނުބައިވަހެއް ދުވާފާނެ ތަކެތި، ޞިއްޚީ ގޮތުން ގެއްލުން ލިބިދާނެފަދަ ތަކެތި އަމިއްލަ ގޯތީގައި އެންދުމަކީ މަނާކަމަށްވާތީ މިފަދަ ތަކެތި ގޯތީގައި އެންދުމަށް މާކުރަތު ކައުންސިލުން އެއްވެސް ފަރާތަކަށް ހުއްދަ ނުކުރެވޭނެއެވެ.
(ނ) މި މާއްދާގެ (ހ) އަދި (ށ) އާއި ޚިލާފުވާ ފަރާތްތަކާމެދު، ޤަވާޢިދާއި އަދި މިއުސޫލާ ޚިލާފުވީ ކަމަށް ބަލައި އެފަރާތަކާއި މެދު މާކުރަތުގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ނަންބަރު 2013/R-740 ގަވާއިދާއި އަދި މި އުސޫލުގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.
8- މި އުޞޫލާއި ޚިލާފުވުމުން އަޅާނެ ފިޔަވަޅު:
(ހ) މި އުޞޫލާއި ޚިލާފު ވުމުން ފުރަތަމަ ފަހަރަށް އެފަރާތެއް ޙާޟިރުކޮށް އެކަމަކާއި ބެހޭ ގޮތުން ސުވާލުތައްކޮށް އިޢުތިރާފް ވާނަމަ ނުވަތަ ދެ ވަނަ ފަރާތެއްގެ ހެކިބަސް އެކަމަކަށް ލިބިފައިވާނަމަ އެފަރާތަކަށް މި އުސޫލާއި ޚިލާފަށް ޢަމަލު ނުކުރުމަށް އަންގާ ނަޞޭހަތް ދިނުމާއެކު އެމީހަކު އެކުރިކަމެއް ރަގަނޅު ކުރުމަށް އެންގޭނެއެވެ.
(ށ) މި އުޞޫލާއި އަދި މާކުރަތުގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަޞޭހަތްދީ ރަނގަޅު ކުރުމަށް އަންގާކަމެއް ރަނގަޅު ނުކޮށްފިނަ މާކުރަތުގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ނަންބަރު 2013/R-740 ގަވާއިދުގެ ދަށުން މި އުސޫލާއި ގަވާއިދުގައި ކަނޑައެޅިފައިވާ ކަންކަމަށް ކަނޑައެޅިފައިވާ މިންވަރަށް ޤާނޫނީ ފިޔަވަޅު އަޅައި އެފަރާތެއް މި އުސޫލުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރެވޭނެއެވެ.
(ނ) މި ގޮތުން މިއުސޫލާއި ޚިލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭޙަތްދީ އެކުރި ކުށް އިސްލާހު ނުކޮށް ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފި ނަމަ އެފަރާތެއް -/500 (ފަސްސަތޭކަ ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.
(ރ) 3 ވަނަ ފަހަރަށް ކުށް ތަކުރާރު ކޮށްފިނަމަ އެ ފަރާތެއް -/1500 (ފަނަރަސަތޭކަ ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.
(ބ) 4 ވަނަ ފަހަރަށް ކުށް ތަކުރަރު ކޮށްފި ނަމަ އެފަރާތެއް -/4000(ހަތަރު ހާސް ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.
(ޅ) 4 ވަނަ ފަހަރަށް ވުރެ އިތުރަށް ކުށްކުރާ ކޮންމެ ފަހަރަކު އެ ފަރާތެއް -/5000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރެވޭނެއެވެ.
(ކ) މި އުސޫލާއި އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކަށް އެކަމެއް ރަނގަޅު ކުރުމަށް އަންގާ އެއްވެސް ކަމެއް އެފަރާތަކުން ނުކޮށް ކައުންސިލުން ރަނގަޅު ކުރަން ޖެހިއްޖެ ނަމަ އެކަމަކަށް ދިޔަ ޚަރަދެއް މިއުސޫލާއި ޚިލާފުވީ ފަރާތަކުން ކައުންސިލަށް ދައްކަންވާނެއެވެ.
9- ރައްކާތެރި ކަމާއެކު މާކުރަތުގައި ކުނި ނައްތާލާ ނިޒާމުގައި އަމިއްލަ އަށް ކުނި ކޮށްޓަށް ކުނި ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ޢަމަލު ކުރަންވީ ގޮތުގެ އުސޫލު:
(ހ) މި ނިޒާމުގައި އަމިއްލައަށް ކުނި ކޮށްޓަށް ކުނި ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ކުނި ކޮށްޓަށް ކުނި ގެންދެވޭނީ ހުކުރު ދުވަސް ފިޔަވާއި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އާއި ދެމެދުއެވެ.
(ށ) އަމިއްލަ އަށް ކުނި ކޮށްޓަށް ކުނި ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ގެންދާ ކުނި އަޅަންވާނީ ތަފާތު ކުނިތައް އެޅުމަށް ކުނިކޮށީގައި ނަންބޯޑު ޖަހައި ފާހަގަ ކުރެވިފައިވާ ތަންތަނަށް އެއްބާވަތުގެ ކުންޏެވެ.
(ނ) އަމިއްލައަށް ކުނި ކޮށްޓަށް ކުނި ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ކުނި ކޮށްޓަށް ކުނި ގެންދެވޭނީ އެފަދަ ފަރާތްތައް މާކުރަތު ކައުންސިލްގެ އިދާރާގައި ރަޖިސްޓްރީ ވުމަށް ހުށަހަޅަންޖެހޭ އެނެކްސް 3 ގައިވާ ފޯމު ފުރައި އަދި މާކުރަތު ކައުންސިލްގައި ރަޖިސްޓްރީކޮށް ގެންނެވެ. މިގޮތަށް ރަޖިސްޓްރީވާ ފަރާތްތަކުން، ކޮންމެ މަހަކުވެސް އެފަރާތެއް މިނިޒާމުގައި ރަޖިސްޓްރީ ކުރަންވާނެއެވެ. މި ގޮތަށް ރަޖިސްޓްރީވާ ފަރާތްތަކުން ކޮންމެ މަހަކު ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅާ އިރު 100.00 ރުފިޔާގެ ރަޖިސްޓްރީ ފީއެއް މާކުރަތު ކައުންސިލްގެ އިދާރާއަށް ދައްކަން ވާނެއެވެ. އަދި މިގޮތަށް ރަޖިސްޓްރީ ވާ ފަރާތްތަކުން ހިނގާމަހުގެ ފުރަތަމަ ރަސްމީ 3 ދުވަހުގެ ތެރޭގައި ފޯމު ހުށަހަޅަންވާނެއެވެ.
(ރ) ރަޖިސްޓްރީ ކުރުމެއްނެތި އަމިއްލައަށް ކުނި ކޮށްޓަށް ކުނި ގެންދިއުމަށް ބޭނުންވާ ފަރާތްކުން މިއުސޫލުގެ 6.2 ގެ (ނ) ގައިވާ ގޮތުގެ މަތިން ގޭޓު ފައިސާ ދައްކަންވާނެއެވެ. މިގޮތުން ކުނި ކޮއްޓަށް ކުނި ގެންދާ ކޮންމެ ފަހަރަކު މިމާއްދާގައިވާ ގޮތުގެ މަތިން ގޭޓް ފައިސާ ދައްކަންވާނެއެވެ.
(ބ) މި ގޮތަށް ޢަމަލު ނުކުރާ ފަރާތްތަކާއި އަދި ކުނި ކޮށްޓަށް ނޫންގޮތްގޮތަށް ރަށުގެ އެތަން މިތަނަށް ކުނި އުކާ ފަރާތްތަކާއި މެދު ޢަމަލު ކުރެވޭނީ، މި އުސޫލުގެ 8 ވަނަ މާއްދާގެ (ނ)، (ރ)، (ބ)، (ޅ) އަދި (ކ) އާއި އެއްގޮތަށް އެ އަކުރުތަކުގެ ދަށުންނެވެ.
10- ޖޫރިމަނާ ފައިސާ ބަލައިގަތުން.
(ހ) މި އުސޫލާއި އަދި މާކުރަތުގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ނަންބަރު 2013/7R-740 ގަވާއިދާއި ޚިލާފުވެގެން ނެގޭ އެންމެހާ ޖޫރިމަނާ ފައިސާ ދައްކާނީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ. ޖޫރިމަނާ ފައިސާ މާކުރަތު ކައުންސިލްގެ އިދާރާއަށް ދެއްކުމަށްފަހު ފައިސާ ބަލައިގަތް ކަމުގެ ރަސީދު އެމީހަކު ލިބިގަންނަންވާނެއެވެ.
(ށ) ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް ޖޫރިމަނާ ފައިސާ ދެއްކުމަށް ދެވޭނެ މުއްދަތަކީ ޖޫރިމަނާ ކުރާ ދުވަހުން ފެށިގެން ރަސްމީ 7 (ހަތެއް) ދުވަހެވެ.
(ނ) އެއްވެސް ފަރާތަކަށް، ޖޫރިމަނާ ޗިޓު ހަވާލުކޮށްފި ނަމަ ޖޫރިމަނާ ކުރިފަރާތަށް ޖޫރިމަނާ ޗިޓުގެ އަސްލު ހަވާލުކުރުމަށްފަހު ޗިޓުގެ 1 ކޮޕީ މާކުރަތު ކައުންސިލްގެ އިދާރާގެ ފައިސާ އާއި ބެހޭ ބަޔަށް ހަވާލު ކުރަން ވާނެއެވެ. އަދި އަނެއް ކޮޕީ މާކުރަތު ކައުންސިލްގެ އިދާރާގެ އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓުގައި އޮންނަންވާނެއެވެ.
(ރ) އެއްވެސް ފަރާތަކުން ޖޫރިމަނާ ޗިޓާއި ހަވާލުނުވެ އަދި ފައިސާ ނުދައްކާ ހުރެއްޖެނަމަ އެފައިސާ އެއް ހޯދުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރެވޭނެއެވެ.
10- ޝަރީޢަތުން ބަދަލު ހޯދުން
މިއުޞޫލާއި ގަވާއިދާއި ޚިލާފުވެގެން ޖޫރިމަނާ ޗިޓު ލިބިފައިވާ ފަރާތްތަކުން ނުވަތަ ޖޫރިމަނާ ޗިޓާއި ހަވާލު ނުވާ ފަރާތްތަކުން ކައުންސިލަށް ދައްކަންޖެހޭ ޖޫރިނަމާ ފައިސާ، އެއްވެސް ހާލެއްގައި ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ އެފަދަ ފަރާތްތަކާއި މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު ކޯޓުގައި ދައުވާކޮށްގެން އެ ފައިސާ މާކުރަތު ކައުންސިލުން އެފަރާތްތަކުން އެއްފަހަރާ ހޯދޭނެއެވެ.
11- މި އުޞޫލާއި އެއްގޮތަށް ޢަމަލު ކުރުން.
މާކުރަތު ކައުންސިލުން ފާސްކޮށްގެން އިތުރު ވަކިގޮތެއް ނާންގާހާ ހިނދަކު ނުވަތަ މިއުސޫލު ބާޠިލު ނުކުރާހާ ހިނދަކު، މިއުޞޫލާއި އެއްގޮތަށް މާކުރަތުގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ކަންކަން ކުރުވައި މި އުސޫލާއި ގަވާއިދު ތަންފީޒުކޮށް ނަގަހައްޓައި ހިންގަމުން ގެންދިއުން މާކުރަތުގައި ކުނި އުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ނަންބަރު: 2013/R-740 ގަވާއިދުގެ ދަށުން މާކުރަތު ކައުންސިލްގެ މައްޗަށް ލާޒިމުކުރަމެވެ.
12- އުޞޫލަށް ބަދަލު ގެނައުން
މި އުޞޫލު އިސްލާޙުކޮށް އުނިއިތުރު ގެނައުމުގެ ބާރު ލިބިގެންވަނީ މާކުރަތު ކައުންސިލަށެވެ. މިގޮތުން މި އުޞޫލަށް ބަދަލު ގެނެވޭނީ މާކުރަތު ކައުންސިލުގެ އާންމު ޖަލްސާއަކަށް ހުށަހަޅައި، ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކޮށްގެންނެއެވެ.
..................