ކުއްޔަށް ދިނުން
ނަންބަރު: (IUL)298/2018/40
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 14:02
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ބޯޓުޔާޑު ރުއްގަނޑު މިހާރު އަލިފުށީ ރައްޔަތުންގެ ރުއްގަނޑު ވަރުވާ އަށް ދޫކުރުމާއި ބެހޭ

 

އިޢުލާން   

ކުރީގެ ބޯޓުޔާޑު ރުއްގަނޑު މިހާރު އަލިފުށީ ރައްޔަތުންގެ ރުއްގަނޑު ވަރުވާ އަށް ދޫކުރުމާއި ބެހޭ

       ކުރީގެ ބޯޓު ޔާޑު ރުއްގަނޑު މިހާރު ( އަލިފުށީ ރައްޔަތުންގެ ) ރުއްގަނޑުވަރުވާއަށް ދޫކޮށްފައިވާ މުއްދަތު 12 އޯގަސްޓު 2018 ގައި ހަމަވާތީ 3 ( ތިންއަހަރު) ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ރުއްގަނޑުގައި ހިމެނިފައިވަނީ 254 ރުކެވެ.                                           

       މި ރުއްގަނޑުގެ އަހަރަކަށް ޖެހޭ ވަރުވާގެ ފެށޭ އަގަކީ -/11100 ރ އެވެ. މި އަގުގެ ތެރެއަށް އިތުރުކުރެވޭނީ މަދުވެގެން ފަހަރަކު  -/100 ރ  އެވެ.

       މި ނީލަމަށް އިތުރުކުރެވޭ އަގަށް ބަދަލެއް ނައިސް ޖެހި ޖެހިގެން ބަންދު ނޫން ދެ ދުވަހު އެއް އަގެއް އޮވެއްޖެ ނަމަ އެ އަގު ހުށައެޅިފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.

       މި ގޮތަށް ހުށައަޅާ އެންމެ މަތީއަގު އެދުވަހުގެ އިދާރާ ބަންދުވުމުގެ ކުރިން އިދާރާގެ ނޯޓީސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.

       ވީމާ، މި ރުއްގަނޑު ވަރުވާއަށް ހިފަން ބޭނުންވާ ފަރާތްތަކުން މި އިދާރާއިން މިކަމަށް ދޫކުރާފޯމް މެދުވެރިކޮށް އަގުހުށައެޅުމަށް ދަންނަވަމެވެ. އަގު ފޯމް ހުށައެޅުންއޮންނާނީ ރަސްމީ ދުވަސްތަކުގައި ކޮންމެދުވަހެއްގެ 13.00 ގައި އަލިފުށީ ކައުންސިލްގެ އިދާރާ އަށެވެ.

      އަދި ފޯމް ހުށައަޅާފަރާތް ތަކުގެ ޙާޟިރުގައި އަގުތަޢް އިޢުލާނުކުރެވޭނެއެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

      17 ޛުލްޤަޢިދާ 1439

       30 ޖުލައި 2018  

01 އޮގަސްޓް 2018