މަސައްކަތް
ނަންބަރު: MMS-A/2018/09
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 15 އޮގަސްޓް 2018 11:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މޮބައިލް އެޕްލިކޭޝަން ޑެވެލޮޕް ކުރުމާއި އެލާރޓް ސިސްޓަމެއް ޤާއިމް ކުރުމާ ގުޅޭ އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން                                    

  ނަންބަރު:MMS-A/2018/09

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މޮބައިލް އެޕްލިކޭޝަން ޑެވެލޮޕް ކުރުމާއި އެލާރޓް ސިސްޓަމެއް ޤާއިމް ކުރުމާ ގުޅޭއަންދާސީ ހިސާބު ބޭނުންވެއްޖެ

 

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ދެއްވަމުންގެންދަވާ މޫސުމާބެހޭ މަޢުލޫމާތުތައް ޒަމާނީ ވަސީލަތްތަކުގެ އެހީ ގައި، އަވަސްކަމާއެކު ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައި، މިސަރވިސްގެ މޮބައިލް އެޕްލިކޭޝަން ޑެވެލޮޕް ކުރުމާއި އެލާރޓް ސިސްޓަމެއް ޤާއިމް ކުރުމަށް ބޭނުންވެގެން 2018 މެއި 28 ވަނަ ދުވަހު ކުރެވުނު ދެވަނަ އިޢުލާނު ނަންބަރު MMS-A/2018/08 އާ ގުޅިގެން އެކަށިގެންވާ ބީލަމެއް ލިބިފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

މަޢުލޫމާތު ސާފުކުރުން (ޕްރީބިޑް ބައްދަލުވުން)

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2018 އޯގަސްޓް 08 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:15 ގައި ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައެވެ. މި ބައްދަލުވުމުގައި ވަރަށް މުހިންމު މަޢުލޫމާތު ތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް، ޕްރީބިޑް މީޓިންގ އަށް ވަޑައިގަންނަވާ ފަރާތްތަކަށް ދެވޭނެއެވެ. އަދި ޕްރީބިޑް މީޓިންގ ނިމުމުން މި ސާރވިސްގެ ވެބްސައިޓް www.meteorology.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން

މޮބައިލް އެޕްލިކޭޝަން ޑެވެލޮޕް ކޮށްދީ އެލާރޓް ސިސްޓަމް ޤާއިމު ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަަކުން 2018 އޯގަސްޓް 15 ވާ ބުދަ ދުވަހުގެ 11:00 އަށް ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބުތައް ހުށަހެޅުއްވުން އެދެމެވެ. ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށްވެސް ބީލަން ހުށަހެޅޭނެއެވެ.  . 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މި ސާރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

02 އޯގަސްޓް 2018

02 އޮގަސްޓް 2018