ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-LDS3/1/2018/353
ޕަބްލިޝްކުރި ތާރީޚް: 02 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 30 އޮގަސްޓް 2018 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައްޑޫ ސިޓީގެ ހުޅުދޫ / މީދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 48 ފުލެޓުގެ ތެރެއިން 7 ފުލެޓަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅާވާލުން

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީގެ ހުޅުދޫ / މީދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 48 ފުލެޓުގެ ތެރެއިން 43 ފުލެޓް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް 3 ފަހަރެއްގެ މަތިން ކުރެވުނު އިޢުލާނާއި ގުޅިގެން ވެސް ޖުމްލަ 25 ފަރާތުން ފުލެޓަށް އެދި ފޯމް ހުށަހަޅުއްވާފައިވާތީ، ކެޓަގަރީ A އަދި ކެޓަގަރީ C ގެ ދަށުން ދޫކުރުމަށް މި މިނިސްޓްރީގެ ނަންބަރު (IUL)138-LDS3/1/2017/41 (19 ޖޫން 2017) އިން އިޢުލާން ކޮށްފައިވާ ފުލެޓުގެ ޖުމްލަ ޢަދަދު 43 ފުލެޓުން 32 ފުލެޓަށް ބަދަލުކޮށް، ކެޓަގަރީ B ގެ ދަށުން ރިއަލް އެސްޓޭޓް އުޞޫލުން ވިއްކާ ފުލެޓުގެ ޢަދަދު 5 ން 16 އަށް ބަދަލު ކުރުމަށް މި މިނިސްޓީ އިން ވަނީ ނިންމާފައެވެ.

 

މިގޮތުން ކެޓަގަރީ A، C ގެ ދަށުންދޫކުރެވޭ 32 ފުލެޓަށް އެދި ފޯމު ހުށަހަޅުއްވާފައިވަނީ 25 ފަރާތުން ކަމަށްވާތީ ބާކީ 7 ފުލެޓަށް އެދި ފޯމް ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިގޮތުން މިފަހަރު މި ދޫކުރެވޭ 7 ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ކެޓަގަރީ A ގެ ދަށުންނެވެ.

 

އެގޮތުން، ފުލެޓަށް އެދޭ ފޯމް އަދި މިފުލެޓުތައް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލާއި ޝަރުޠު 05 އޮގަސްޓު 2018 ވާ އާދީއްތަ ދުވަހުން ފެށިގެން މި މިނިސްޓްރީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / އައްޑޫ ސިޓީ ހުޅުމީދޫ ސެކްޝަނުން އަދި މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން މި ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

ފުލެޓަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 05 އޮގަސްޓު 2018 އިން ފެށިގެން 30 އޮގަސްޓު 2018 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ. ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަކީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 14:00 ށް ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / އައްޑޫ ސިޓީ ހުޅުމީދޫ ސެކްޝަނުންނާއި މި މިނިސްޓްރީގެ ކައުންޓަރުންނެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

02 އޮގަސްޓް 2018