ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)447-PR/1/2018/99
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 16:37
ސުންގަޑި: 05 އޮގަސްޓް 2018 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
04 ޕްލޭޓް ކޮމްޕެކްޓަރ، 03 ރެމަރ ކޮމްޕެކްޓަރ އަދި 02 ކޮންކްރީޓް މިކްސަރ ގަތުމަށް

އިޢުލާން

04 ޕްލޭޓް ކޮމްޕެކްޓަރ، 03 ރެމަރ ކޮމްޕެކްޓަރ އަދި 02 ކޮންކްރީޓް މިކްސަރ ގަތުމަށް

 

މި ސަރވިސަސްއަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެގެން ކުރި ނަންބަރު (IUL)447-PR/1/2018/97 (25 ޖުލައި 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އަލުން އިޢުލާންކުރަމެވެ.

 

  1. 04 ޕްލޭޓް ކޮމްޕެކްޓަރ
  2. 03 ރެމަރ ކޮމްޕެކްޓަރ
  3. 02 ކޮންކްރީޓް މިކްސަރ (1 ކޮތަޅުގެ)

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 05 އޯގަސްޓް 2018 ވާ އާދީއްތަ ދުވަހުގެ 12:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސް އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް 01 އޯގަސްޓް 2018 ވާ ބުދަ ދުވަހުން ފެށިގެން 02 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީގަޑީގައި ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3020853 އަށް ގުޅުއްވުން އެދެމެވެ.

01 އޮގަސްޓް 2018