ޢާންމު މަޢުލޫމާތު
ނަންބަރު: 60-ADM/2013/288
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2013
ޕަބްލިޝްކުރި ގަޑި: 16:45
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ގެ އޮނިގަނޑަށް އައި ބަދަލުތަކަކާ ބެހޭ

އެސް.ޓީ.އޯ ގެ އޮނިގަނޑަށް އައި ބަދަލުތަކަކާއެކު އެސް.ޓީ.އޯ ހޯލްސޭލް ސެންޓަރުގެ ކައުންޓަރުން ބަލައިގަންނަމުން އައި ތިރީގައި މިދަންނަވާ ފޯމުތައް އަދި ފައިސާ ބަލައިގަތުން 18 ޑިސެންބަރު 2013 ވާ ބުދަ ދުވަހުން ފެށިގެން ބަލައިގަންނާނީ އެސް.ޓީ.އޯ ގެ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ކައުންޓަރުން ކަމުގައި ދެންނެވީމެވެ.

  1. ކްރެޑިޓް ސްކީމް ފޯމުތައް ބަލައިގަތުން
  2. ކްރެޑިޓް ބިލްތަކަށް ފައިސާ ބަލައިގަތުން
  3. ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފައިސާ ބަލައިގަތުން

ވީމާ، ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ. އަދި މިކަމުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ.

18 ޑިސެންބަރު 2013