މަސައްކަތް
ނަންބަރު: (IUL)335-AS/335/2018/63
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 08 އޮގަސްޓް 2018 10:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތިރިމަތީ ބަނދަރު ސަރަޙައްދުގައި ހަޓްހެދުމާބެހޭ

އިޢުލާން

                  އަތިރިމަތީ ޕާރކް ސަރަހައްދުގައި ޒަމާނީ ފެންވަރުގެ 2 ހަޓް ހެދުމާއި މިހާރުއެ ސަރަހައްދުގައި ހުރި އުނދޯލިތައް މަރާމާތުކޮށްދިނުމަށް މިއިދާރާއިން ކުރެވިފައިވާ ނަންބަރު: (IUL)335-AS/335/2018/57 އިޢުލާން އާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުތައް އެކަށީގެންވާވަރަށް ވުރެން ބޮޑުކަމަށް ފެންނާތީ އެ އިޢުލާންތައް ބާޠިލްކޮށް އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

               އަތިރިމަތީ ޕާރކް ސަރަހައްދުގައި ޒަމާނީ ފެންވަރުގެ 2 ހަޓް ހެދުމާއި މިހާރު އެ ސަރަހައްދުގައި ހުރި އުނދޯލިތައް  މަރާމާތުކޮށްދިނުމުގެ  މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

                ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 އޯގަސްޓް 2018 ވާ ބުދަދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޯގަސްޓް 2018 ވާ ބުދަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

               މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

01 އޮގަސްޓް 2018