ދިވެހިރާއްޖެ
މި މިނިސްޓްރީން ހިންގަމުން ގެންދާ ފަހިއަލި ޕުރޮގުރާމުގެ އަމިއްލަ ފަރާތްތަކަށް ލެޑް ހޮޅިބުރި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިއްލުމަށް ޢާންމުކޮށް ބޭނުންކުރާ ހޮޅިބުރިއަށްވުރެ ފަންސާސް އިންސައްތަ ކަރަންޓު ޚަރަދު ކުޑަ ހޮޅިބުރިތަކެވެ. މި ޕުރޮގުރާމުގެ މައިގަނޑު އަމާޒަކީ ހަކަތަ ޔަގީން ކުރުމަށްޓަކައި ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން އަމިއްލަ ފަރާތްތަކުން ދިއްލުމަށް ޚަރަދުކުރާ މިންވަރު ކުޑަކުރުމާއި އަމިއްލަ ފަރާތްތައް މިފަދަ ކަންތައްތަކަށް ހޭލުންތެރިކުރުމެވެ. މި ޕުރޮގުރާމުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 4 ފޫޓުގެ ލެޑް ހޮޅިބުރިއެވެ. މި ހޮޅިބުރިތަކަކީ އާންމުކޮށް ބޭނުންކުރަމުންދާ ތަންމަތިތަކާއެކު ބޭނުންކުރެވޭނެ ހޮޅިބުރިތަކެކެވެ.
ވީމާ، ދެންނެވިފައިވާ ހޮޅިބުރި ބޭނުންވާ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިކަމަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv/v1 އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
މި ޕުރޮގުރާމުގެ ދަށުން ލެޑް ހޮޅިބުރި ހޯއްދަވާ ފަރާތްތަކުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
1- ހޮޅިބުރި ހޯދުމަށްއެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރުމަށް ތައްޔާރުކޮށްފައިވާ ފޯމާއި ވޭތުވެދިޔަ މަހުގެ ކަރަންޓުބިލުގެ ކޮޕީއެއް މިނިސްޓްރީ އަށް ހުށަހަޅައި މިނިސްޓްރީން އަންގާ ގޮތެއްގެމަތިން ހޮޅިބުރި ގެންދިޔުން.
2- ހޮޅިބުރި ހަރުކުރުމަށް ކަނޑައަޅާފައިވާ ތަންތަނަށް ހޮޅިބުރިތައް ގެންދިއުމާއި ތަންތަނުގައި ހޮޅިބުރިތައް ހަރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން
3- ހޮޅިބުރިތައް ހަވާލުކުރެވޭ ތާރީޚުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ހޮޅިބުރިތައް ހަރުކުރުމަށް ކަނޑައަޅާފައިވާ ތަނުގައި ހަރުކޮށްނިންމުމާއި، ހަރުކޮށް ނިންމުމަށްފަހު މިމިނިސްޓްރީއަށް އެންގުން.
މި ޕުރޮގުރާމުގެ ދަށުން ހޮޅިބުރިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މިކަމަށް އެދި ފޯމު ހުށަހަޅާ ތަރުތީބަށް ބަލައިގެން މިހާރުހުރި ސުޓޮކް ހުސްވަންދެންނެވެ.
މިކަމަށް އެދި ހުށަހަޅާ ފޯމު 24 ޑިސެންބަރު 2013 ވަނަ ދުވަހުން ފެށިގެން މިމިނިސްޓްރީގެ ކައުންޓަރުން ބަލައިގަންނާނެއެވެ.
މިކަމާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އެނަރޖީ ޑިޕާޓްމަންޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
އަމީނީ މަގު، މާފަންނު
މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018373 960+، ފެކްސް: 3018301 960+
އީމެއިލް: [email protected]