ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E1/30/2018/104
ޕަބްލިޝްކުރި ތާރީޚް: 01 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 08:18
ސުންގަޑި: 15 އޮގަސްޓް 2018 00:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވެލިއު އެޑިޝަން އެންޑް އެގްރިކަލްޗަރ ރިސަރޗް އިން ދަ މޯލްޑިވްސް މަޝްރޫޢުގެ ދަށުން މޭވާގެ ބާވަތްތައް ޕްރޮސެސްކުރުމަށް ( ވެލިއު އެޑެޑް ޕްރޮޑަކްޓްސް އުފެއްދުމަށް) ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު

ވެލިއު އެޑިޝަން އެންޑް އެގްރިކަލްޗަރ ރިސަރޗް އިން ދަ މޯލްޑިވްސް މަޝްރޫޢުގެ ދަށުން މޭވާގެ ބާވަތްތައް ޕްރޮސެސްކުރުމަށް ( ވެލިއު އެޑެޑް ޕްރޮޑަކްޓްސް އުފެއްދުމަށް)

ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު

 

ޗައިނާ ސަރުކާރުގެ އެހީ ލިބިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގުމަށް ހަމަޖެހިފައިވާ " ވެލިއު އެޑިޝަން އެންޑް އެގްރިކަލްޗަރ ރިސަރޗް އިން ދަ މޯލްޑިވްސް"  މަޝްރޫޢުގެ "ވެލިއު އެޑިޝަން އޮފް އެގްރިކަލްޗަރ ޕްރޮޑިއުސް" ކޮމްޕޯނަންޓްގެ ދަށުން،  ރާއްޖޭގައި ހައްދާ މޭވާއިން ތަފާތު ތައްޔާރީ ބާވަތްތައް ( ވެލިއު އެޑެޑް ޕްރޮޑަކްޓްސް) އުފެއްދުމުގެ މަޝްރޫޢުއެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ މައިގަޑު އެއް މަޤްސަދަކީ ރާއްޖޭގެ ރަށްރަށުގައި ހައްދާ މޭވާ މާކެޓް ނުކުރެވި ހަލާކުވެދިޔަ ނުދިނުމަށްޓަކައި ތައްޔާރީ ބާވަތްތައް އުފައްދާ އަދި އާމްދަނީ ލިބުމުގެ މަގު ފަހިކޮށްދިނުމެވެ.

 

މި މަޝްރޫއު ހިންގުމަށްޓަކައި މިކަމަށް ޝައުޤުވެރިވެލައްވާ ޖަމުޢިއްޔާ، ކޯޕަރޭޓިވްސް އަދި ކުންފުނި ތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަޝްރޫޢު ހިންގުމަށް ޖަމުޢިއްޔާ، ކޯޕަރޭޓިވްސް އަދި ކުންފުންޏެއް ހޮވާއިރު ދަނޑުވެރި /  ދަނޑުވެރިކަމަށް ޝައުޤުވެރިވާ ޖަމުޢިއްޔާ، ކޯޕަރޭޓިވްސް އަދި ކުންފުނި ތަކަށް އިސްކަންދެވޭނެއެވެ.

 

ވީމާ މިކަމަށް ޝަޢުޤުވެރިވެލައްވާ ޖަމުޢިއްޔާ،ކޯޕަރޭޓިވްސް އަދި ކުންފުނިތަކުން މި މަޝްރޫޢުއަށް ހިންގުމަށް ޕްރޮޕޯސަލް ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި މަޝްރޫޢަށް ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާނެ މަޢުލޫމާތާއި، ޕްރޮޕޯސަލް އިވެލުއޭޓްކުރުމުގައި ގެންގުޅޭނެ މިންގަނޑުތަކާ ބެހޭ ތަފްސީލު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ވެބްސައިޓް www.fishagri.gov.mv   އިން މިއަދުން ފެށިގެން ލިބެން ހުންނާނެއެވެ.

ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ސުންގަޑިއަކީ  15 އޮގަސްޓް 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.  އަދި ހުށަހަޅުއްވާނީ، ޕްރިންޓް ނުވަތަ ސޮފްޓްކޮޕީއިން ތިރީގައިވާ މި މިނިސްޓްރީގެ އެޑްރެހަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ވެލާނާގެ ، އަމީރު އަހުމަދު މަގު، 7 ވަނަ ފަންގިފިލާ، މާލެ، ދިވެހިރާއްޖެ

ފޯން: 3322625 (960) ފެކްސް: 3326558 (960)

އީމެއިލް: [email protected]

01 އޮގަސްޓް 2018