ކުއްޔަށް ދިނުން
ނަންބަރު: (IUL)22-EDF/22/2018/137
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 07 އޮގަސްޓް 2018 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮފީސްބައި ކުއްޔަށް ދިނުން

ތިރީގައި މިދަންނަވާ އޮފީސްބައިތައް ، އަކަފޫޓަކަށް -/30 (ތިރީސް) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ.

  1. ފިލާ ބިލްޑިންގ 1 ގެ 3 ވަނަ ފަންގިފިލާ (އުތުރުބައި) 525 އަކަފޫޓް
  2. ފިލާ ބިލްޑިންގ 1 ގެ 5 ވަނަ ފަންގިފިލާ (ދެކުނުބައި) - 435 އަކަފޫޓް

ވީމާ، މި ބައިތައް ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން " ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް" މި އިދާރާއިން ހޯއްދަވައި ފުރިހަމަ ކުރެއްވުމަށްފަހު، 2018 އޮގަސްޓް 7 ވާ އަންގާރަ ވާ ދުވަހު 11:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ، އެދުރުހިޔާ 9 ވަނަ ފަންގިފިލާ އަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމް 2018 އޮގަސްޓް 1 ވާ ބުދަ ދުވަހު ހެނދުނު 9:15 އިން ފެށިގެން ރަސްމީގަޑީގައި އެދުރުހިޔާ 9 ވަނަ ފަންގިފިލާގައިވާ މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/15,000 (ފަނަރަ ހާސް) ރުފިޔާ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާގައި ބަހައްޓަވަން ޖެހޭނެއެވެ.  ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބަންދުނޫން 30 ދުވަހެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341193 ފޯނަށް ގުޅުއްވުން އެދެމެވެ.

31 ޖުލައި 2018