ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL)30-PMU1/INDIV/2018/2
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 08 އޮގަސްޓް 2018 13:30
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

ކަނޑުމަހުގެ ދިގުމިނުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ - ސާމްޕްލަރ

 

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ ދަށުން ކުރިއަށް ގެންދެވޭ ކަނޑުމަސްވެރިކަމުގެ މަޢުލޫމާތު ނެގުމުގެ ޕްރޮގްރާމްގައި ތ. ހިރިލަންދޫގައި ތިރީގައި ބަޔާން ކުރެވިފައިވާ މަސައްކަތްތައް ކުރަމަށް ޝައުގެވެރިވާފަރާތެއް ހޯދުމަށް އެދި މިމިނިސްޓްރީއިން ހުޅުވާލަމެވެ.

މަޤާމް:                   ޓޫނާ ސާމްޕްލަރ

ބޭނުންވާ ޢަދަދު:             1 އެކެއް

މުއްދަތު:                  މަސައްކަތު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 އަހަރުދުވަސް

އުޖޫރަ:                   މަސައްކަތްކުރާ ކޮންމެ މަހަކަށް 4000/- ރުފިޔާ  (މަސައްކަތް ނުކުރާ ދުވަސްތަކަށް ކަނޑައެޅޭ އުޞޫލެއްގެ މަތިން އުޖޫރައިން އުނިކުރެވޭނެއެވެ)

މަސައްކަތް ކުރަންޖެހޭ ތަން:     ތ. ހިރިލަންދޫ، މަސްވެރިކަން ކުރާ ދޯނީގައި

 

ކުރަންޖެހޭ މަސައްކަތް:

  • މަސްވެރިކަން ކުރާ ދޯނިން ކުރާ މަސްދަތުރުތަކުގައި ބާނާ މަހުގެ ގާތްގަނޑަކަށް %20 މަހުގެ ދިގުމިން ނެގުން. މި މަޢުލޫމާތު ނަގާނީ ހަފްތާއަކު 5 ދަތުރުގެއެވެ. ހަފްތާއަކު 5 ދަތުރަށްވުރެ މަދުން މަހަށްފުރި ނަމަ އެ ހަފްތާގެ ހުރިހައި ދަތުރުތަކަކުންނެވެ.
  • މަސްވެރިކަން ކުރާ ދޯނިން ކުރާ މަސްދަތުރުތަކުގެ އެހެނިހެން މަޢުލޫމާތު ނެގުން. މި މަޢުލޫމާތު ނަގާނީ ހަފްތާއަކު 5 ދަތުރުގެއެވެ. ހަފްތާއަކު 5 ދަތުރަށް ވުރެ މަދުން މަހަށް ފުރި ނަމަ އެ ހަފްތާގެ ހުރިހައި ދަތުރުތަކަކުންނެވެ.
  • މަސްވެރިކަމާއިގުޅޭ އެހެނިހެން މަޢުލޫމާތު ނެގުމުގައި އެހީތެރިވެދިނުން.

 

މަސައްކަތްކުރާ ފަރާތުގެ ޝަރުތު:

  • މިކަމަށް އެދި ހުށައަޅާ ފަރާތަކީ ކަނޑުމަސްވެރިކަމުގައި އުޅޭ، ގަވާއިދުން މަހަށްދާ މަސްވެރިއަކަށްވުން
  • ލިޔަންކިޔަން އެނގުން (ގްރޭޑް 10 އެއް ނިންމާފައިވާ ނުވަތަ އެއަށްވުރެ މަތީ ސަނަދުތައް ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.)

މިމަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މި މަސައްކަތަށް މީހަކު ހޮވުމުގައި، މަސްވެރިކަމުގެ ދިރާސާ މަސައްކަތްތަކުގައި މީގެ ކުރިން އެހީތެރިވެދީފައިވާ، ނުވަތަ މިފަދަ ކަންކަމުގެ ތަމްރީން/ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަސައްކަތް ކުރުމަށްޓަކައި ކެޔޮޅު ނުވަތަ އޮޑިވެރި ފަރާތުގެ ހުއްދަ ނެގުމާއި، އެހީތެރިކަން ހޯދުމަކީ މި މަސައްކަތައް ހޮވޭ ފަރާތެއްގެ ޒިންމާއެކެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މި މަސައްކަތައް އެދި ހުށަހަޅާ ސިޓީ
  2. މިމަސައްކަތައް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 8 އޮގަސްޓް 2018 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (މެރިން ރިސާޗް ސެންޓަރ އިމާރާތް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މިމިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި 14:00 ދެމެދު 3322328 ފޯނާއި ގުޅުއްވުން އެދެމެވެ.

 

18 ޛުލްޤަޢިދާ  1439  

31 ޖުލައި 2018