ދިވެހިރާއްޖެ
މޯލްޑިވްސް ސެންޓަރ ފޯރ އިސްލާމިކް ފައިނޭންސް ލޓޑ
މ.ސަކައިމޫ ، 3 ވަނަ ފަންގިފިލާ
ހަވީރީ ހިނގުން ، މާލެ، ދިވެހިރާއްޖެ
ފޯން: (960) 3008300 | ފެކްސް : (960) 3008399
އީމެއިލް: [email protected]
އިޢުލާން ނަންބަރ: IUL)MCIF/1/2018/8)
ވަޒީފާގެ ފުރުޞަތު
ހެޑް އޮފް އެކައުންޓްސްގެ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު މިކުންފުނީގެ ނަންބަރު IUL)MCIF/1/2018/7) އިޢުލާނަށް އެއްވެސް ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައި ނުވާތީ އެ އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނުކުރަމެވެ.
މަޤާމް: ހެޑް އޮފް އެކައުންޓްސް
މަޤާމުގެ މަސްއޫލިއްޔަތުތައް:
- ކުންފުނީގެ އެތެރޭގެ ބޭނުންތަކަށާއި އެހެނިހެން ބޭނުންތަކަށް ތައްޔާރުކުރަންޖެހޭ މާލީ ރިޕޯޓުތައް ކަނޑައެޅިފައިވާ ވަގުތަށް ތައްޔާރުކުރުން
- ބަޖެޓް ތައްޔާރުކުރުމާއި މެދުރާސްތާގެ ފޯކާސްޓްތައް ތައްޔާރުކުރުމާއި މޮނިޓަރ ކުރުން
- ކުންފުނީގެ މާލީ ހިސާބުތަކުގެ ޞައްޙަކަން ހިފެހެއްޓުމަށް މަސައްކަތް ކުރުމާއި، މުވައްޒިފުންނަށް މާލީ ހިސާބު ބެލެހެއްޓުމާއި ގުޅޭގޮތުން އިރުޝާދު ދީ އެހީތެރިކަން ފޯރުކޮށް ދިނުން
- ކުންފުނީގެ ފަރާތުން ހުށަހަޅަންޖެހޭ ތަފާތު ރެގިއުލޭޓަރީ ރިޕޯޓުތަކާއި އެއްބަސްވުންތަކާ ގުޅިގެން ހުށަހަޅަންޖެހޭ ރިޕޯޓުތައް ކަނޑައެޅިފައިވާ ވަގުތަށް ހުށަހެޅުން
- އެކައުންޓްސް ޑިޕާޓްމަންޓުން ކުރަންޖެހޭ ހުރިހާކަމެއް ކުންފުނީގެ ފައިނޭންޝަލް މެނޭޖްމަންޓް މެނުއަލާ އެއްގޮތަށް ހިންގައި ބެލެހެއްޓުން
- ކުންފުނީގެ މަޤުޞަދުތައް ހާސިލު ކުރުމަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދައި ބެލެހެއްޓުން
- ކުންފުނީގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވައިލުމާއި ތަންފީޒުކުރުމުގައި މެނޭޖިންގ ޑިރެކްޓަރަށް އެހީތެރިކަން ފޯރުކޮށްދިނުން
ތަޖުރިބާއާއި ހުނަރު:
- އެކައުންޓިންގ ދާއިރާގައި މަދުވެގެން 7 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
- އެކައުންޓިންގ ދާއިރާގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގެ ޤާބިލުކަން ހުރުމާއިއެކު އެކައުންޓިންގގެ ދާއިރާގެ ހުރިހާ ބާވަތެއްގެ މަސައްކަތެއް ކުރުމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން
- އިސްލާމިކް ފައިނޭންޝަލް ޕްރޮޑަކްޓްތައް އެކައުންޓްކުރުމުގެ ތަޖުރިބާ ލިބިފައިވުން
- ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ކޮންޓްރޯލްކުރުމާއި ފޯރކާސްޓް ތައްޔާރު ކުރުމުގެ ތަޖުރިބާ ލިބިފައިވުން
- ބޭރުގެ މާލީ އިދާރާތަކާއެކު މުޢާމަލާތުކޮށް ތަޖުރިބާ ލިބިފައިވުން
- ބޮންޑް، ޓްރެޜަރީ ބިލް، ސުކޫކް، އަދި އެހެނިހެން މާލީ ސެކިއުރެޓީސްތައް ބަލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުން
- އޮޑިޓަރުންނާއި، ލެންޑިންގ އެޖެންސީތަކާއި ކްރެޑިޓް ރޭޓިންގ އެޖެންސީތަކާއެކު މުޢާމަލާތުކޮށް ތަޖުރިބާ ލިބިފައިވުން
- މާލީ އިދާރާތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.
ތަޢުލީމީ ފެންވަރު:
CIMA/ACCA ފުރިހަމަކޮށްފައިވުން ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވުން
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އެޕްލިކޭޝަން ހުށަހަޅަންޖެހޭ ތާރީޚު: |
09 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ނަމަ[email protected] އަށް ފޮނުވުމަށް އެދެމެވެ.
|
ކުންފުނީގެ އެޑްރެސް: މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިން ފައިނޭންސް ލިމިޓެޑް މޫކާއި ސޫޓްސް، ތިންވަނަ ފަންގިފިލާ، ހަވީރީ ހިންގުން މާލެ، ދިވެހިރާއްޖެ ފޯން:3008300 އީމެއިލް: [email protected] ނޯޓް: މި މިޤާމަށް އިންޓަވިއުއަށް ކިޔޭނީ ހަމަ އެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. |