ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-LS/88/2018/33
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 14 އޮގަސްޓް 2018 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދަރަންޏެއް ނުވަތަ މައްސަލަައެއް އޮތް ފަރާތެއްވޭތޯ ބެލުމަށް

އިޢުލާން

ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މިމިނިސްޓްރީއިން ކުއްޔަށްދޫކޮށްފައިވާ ރ. ކުޑަކުރަތު ލީސް އެގްރީމަންޓްގެ ދަށުން އެރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ޙައްޤުތައް އެހެންފަރާތަކަށް ބަދަލު ކުރުމުގެ ޙުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ މިއިޢުލާން ދިވެހިރާއްޖޭގެ ގެޒެޓްގައި ޝާޢިއުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި، މިމިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށާއި، އަދި އީމެއިލްއިން ހުށަހަޅުއްވާކަމުގައިވަނީނަމަ [email protected]  އަށް އަންގަވައިދެއްވުމަށް އަންގާ އިޢުލާނުކުރީމެވެ.

                         

އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

18 ޛުލްޤާޢިދާ 1439

31 ޖުލައި 2018