މަސައްކަތް
ނަންބަރު: (IUL)13-K/13/2018/145
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 03 ސެޕްޓެންބަރު 2018 12:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ލޯންޗެއް މެނުފެކްޗަރކޮށް އަދި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން ނަންބަރު:

(IUL)13-K/13/2018/145

ޕްރޮޖެކްޓް ނަންބަރު:

TES/2018/G-023

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ދިވެހި ސަރުކާރަށް ވޯލްޑް ބޭންކް ލޯން އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓްގެ ދަށުން ލޯންޗެއް ހޯދުމަށްވަނީ ހަމަޖެހިފައެވެ.

2. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން ލޯންޗެއް މެނުފެކްޗަރކޮށް އަދި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

3. ބީލަމުގައި ބައިވެރިވުމަށް -/500 (ފައްސަތޭކަ) ރުފިޔާގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 1 އޮގަސްޓް 2018 އިން 3  ސެޕްޓެންބަރު 2018 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00އަށް  މިމިނިސްޓްރީ އިންނެވެ. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

4. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން، ވޯލްޑް ބޭންކްގެ "ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް ފޮރ އައި.ޕީ.އެފް ބޮރޮވަރސް" (ޖުލައި 2016) {ޕްރޮކިޔުމަންޓް ރެގިޔުލޭޝަންސް} އުޞޫލުންނެވެ. ވީމާ،މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ޕްރޮކިޔުމަންޓް ރެގުލޭޝަންގައިވާ ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

5. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 15,000.00 ރުފިޔާ (ފަނަރަ ހާސް ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރެއްގެ ޔޫ.އެސް ޑޮލަރ) ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

6. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2018 އޮގަސްޓް 13 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

7. މި ބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ 2018 ސެޕްޓެންބަރު 5 ވާ ބުދަ ދުވަހުގެ 10:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    : 3349125 960+/ 3349115 960+

އީ-މެއިލް : [email protected]

ކޮޕީ    : [email protected]

9. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

 

 

31 ޖުލައި 2018

31 ޖުލައި 2018