މަސައްކަތް
ނަންބަރު: (IUL)23-AP/23/2018/169
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 08:08
ސުންގަޑި: 02 އޮގަސްޓް 2018 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތު ރޯޝަނީ ބިލްޑިންގ 9 ވަނަ ފްލޯރގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

              މިނިސްޓްރީ އޮފް ހެލްތު ރޯޝަނީ ބިލްޑިންގ 9 ވަނަ ފްލޯރގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)23-AP/23/2018/164 އިއުލާނާއި ގުޅިގެން، މައުލޫމާތު ސާފުކުރަން ހަމަޖެހިފައިވީ 29 ޖުލައި 2018 ވާ އާދިއްތަ ދުވަހުގައި ނަމަވެސް އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ގޮތުގައި ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 02 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 އޯގަސްޓް 2018 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

17 ޒުލްގައިދާ 1439

31 ޖުލައި 2018