ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/23/2018/162
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 16:07
ސުންގަޑި: 09 އޮގަސްޓް 2018 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޑިރެކްޓަރ

 

އިޢުލާން

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ގއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

ޑިރެކްޓަރ

މަޤާމުގެ ނަންބަރު

J-279663

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޑިރެކްޓަރ

ޑިވިޝަން / ސެކްޝަން

ހެލްތު ސަރވިސަސް

މަޤާމު އޮތް އޮފީސް

ގއ. އަތޮޅު ހޮސްޕިޓަލް، ގއ. ވިލިނގިލި

ވަޒީފާ އަދާކުރަންޖެހޭ ތަން

ގއ. އަތޮޅު ހޮސްޕިޓަލް، ގއ. ވިލިނގިލި

މުސާރަ

-/8835 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

-/1100 ރުފިޔާ

އެހެނިހެން އެލަވަންސް

ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ހެލްތް މާސްޓަރ ޕްލޭނާއި، މިނިސްޓްރީގެ ސްޓްރެޓޖިކް ޕްލޭނުގެ މައްޗަށް ހޮސްޕިޓަލާއި އަތޮޅުގެ ޞިއްޙީމަރުކަޒުތަކުގެ ޢަމަލީ މަސައްކަތްރާވާ ހިންގުމާއި ލަނޑުދަނޑިތައް ޙާސިލުވާނޭގޮތަށް ހޮސްޕިޓަލުގެ މަސައްކަތްތައްރާވާ ހިންގުން.
  • ހޮސްޕިޓަލާއި، ޞިއްޙީމަރުކަޒުތަކުން ދިނުމަށް މިނިސްޓްރީ އޮފް ހެލްތުން އެމަރުކަޒެއް ގިންތި ކޮށްފައިވާ މިންވަރަށް ކަނޑައަޅާފައިވާ ޚިދުމަތްތައް ދިނުމުގައި ދިމާވާ މައްސަލަތަކަކީ ކޮބާތޯބަލައި އެމައްސަލަތައް ޙައްލުކުރުން.
  • ހޮސްޕިޓަލުގެ އިދާރީ ހިންގުމުގެ އެންމެހާ ކަންތައްތައް ރާވާ ހިންގާ ބެލެހެއްޓުމާއި، އެކުލަވާލާފައިވާ އޮނިގަނޑާ އެއްގޮތަށް މަސައްކަތްތައް ރާވާ މުވައްޒަފުންނާއި މަސައްކަތްތައް ޙަވާލުކުރުމާއި މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓުން.
  • މިނިސްޓްރީ އޮފް ހެލްތު އެ މަރުކަޒެއް ގިންތި ކޮށްފައިވާ މިންވަރަށް ޚިދުމަތް ދިނުމަށް މުވައްޒަފުން ތަމްރީނު ކުރާނޭގޮތުގެ ޕްލޭނެއް އެކުލަވާލާ މިނިސްޓްރީއާއި ގުޅިގެން ތަންފީޒު ކުރުން.
  • ގިންތި ކޮށްފައިވާ މިންވަރަށް ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެހާ ވަޞީލަތްތައް ދެނެގަނެ މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ އުޞޫލާއެއްގޮތަށް ތަކެތި ހޯދުމަށް އެފަރާތަށް އެހީތެރިކަން ދިނުން.
  • ހޮސްޕިޓަލުން ދެވޭ ސްޕެޝަލިސްޓް ޚިދުމަތްތައް އަތޮޅުތެރޭގެ ރަށްތަކަށް ފޯރުކޮށްދިނުމަށް އައުޓްރީޗް ޕްލޭނެއް އެކުލަވާލާ އެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކުގައި ބޭނުންކުރެވޭ އަޅަދު ފަހަރާއި އެއްގަމު ވެހިކަލްތައް މިނިސްޓްރީ އިން ހަމަޖައްސަވާފައިވާ އުސޫލުތަކާއި އެއްގޮތަށް ޚިދުމަތްތައް ފޯރުކޮށް ދިނުން.
  • އަތޮޅުގައި ހުރި ޚިދުމަތްދެވޭ މަރުކަޒުތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ފީޑްބެކް ދިނުން
  • ޞިއްޙީ މައްސަލަތަކާއި ގުޅިގެން ދިމާވާ މެޑިކޯލީގަލް ކަންތައްތައް މިނިސްޓްރީގެ މަޝްވަރާގެމަތިން ކުރިއަށްގެންދިއުމާއި، ހުށަހެޅޭ މައްސަލައަކާ ގުޅޭ ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓޭނެ ނިޒާމެއް ގާއިމުކުރުން
  • ހޮސްޕިޓަލުގެ ތަފާސް ހިސާބުތައް ޤަވާޢިދުން ބެލެހެއްޓުމާއި މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ފޮނުވަންޖެހޭ ރިޕޯޓުތައް ފޮނުވުން.
  • ހޮސްޕިޓަލުގެ އިންވެންޓްރީ އާއި ސްޓޮކްތައް ( މެޑިކަލް، ޖެނެރަލް ) ކަނޑައަޅާފައިވާ ގަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ބެލެހެއްޓުން.
  • ދައުލަތުގެ މުދަލާއި ފައިސާ އާ ބެހޭކަންކަން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.
  • އަހަރީ ބަޖެޓް މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހެޅުމާއި އެއަހަރަކަށް ޚަރަދު ކުރުމަށް ލިބިފައިވާ ބަޖެޓު މެނޭޖް ކުރުމާއި ޚަރަދު ރިޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް މިނިސްޓްރީއަށް ފޮނުވުން.
  • ހޮސްޕިޓަލާއި އަތޮޅުގެ ޞިއްޙީޚިދުމަތްދޭ މަރުކަޒުތަކުގެ މައުލޫމާތުތައް މިނިސްޓްރީން އަންގާ ގޮތެއްގެމަތިން ކުރެވެމުންދޭތޯ ބަލާ މޮނިޓަރ ކުރުމާއި އަދި އިމާރާތާއި ގޯތީގެ މުއާމަލާތްތައް ކުރުމުގައި މިނިސްޓްރީގެ ލަފާ ލިޔުމުން ހޯދުމަށްފަހު ކުރިއަށް ގެންދިއުން
  • ދިވެހި ސިވިލްސާރވިސަސްގެ ޤަވާޢިދުތަކާއި މިނިސްޓްރީއިން ކަޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކުގެ މުވައްޒަފުންގެ ވަޒީފާއާއި ބެހޭ އެންމެހާ ކަންތައްތައް ކުރުން.
  • މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ މަސައްކަތްތައް ދިވެހި ސިވިލް ސާރވިސަސްގެ ޤަވާޢިދާއި އެއްގޮތަށް ކުރުން.
  • އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒުކޮށްގެން އާއްމު ޞިއްޙަތުގެ ޕްރޮގްރާމްތަކާއި، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމުގެ މަސައްކަތް ހިނގާނުހިނގާގޮތް ބަލައި މޮނިޓަރ ކުރުން.
  • ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި  ގުޅިގެން ކާބޯތަކެތި ވިއްކާ ފިހާރަތަކުންދޭ  ޚިދުމަތްތައް ކަނޑައަޅާފައިވާ ޞިއްޙީ މިންގަނޑުތަކާ އެއްގޮތައްތޯ ބެލުމަށް އިންސްޕެކްޓް ކުރުމުގެ މަސައްކަތްތައް ތަންފީޒު ކުރުން.

މަޤާމުގެ ޝަރުތުތައް

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި ތަޖުރިބާގެ ތެރޭގައި، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާއާއެކު، އެޑްމިނިސްޓްރޭޝަން،މެނޭޖްމަންޓް ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2.ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: މިމަގާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ގާބިލުކަން ވަޒަންކުރުމަށް ޕްރެޒެންޓޭޝަނެއް ހުށަހަޅާގޮތަށްވަނީ ހަމަޖެހިފައެވެ. ޕްރެޒެންޓޭޝަން ހުށަހަޅަން ހަމަޖެހިފައިވާ ދުވަހުގެ 48 ގަޑިއިރު ކުރީން ވަޒީފާއަށް އެދިފައިވާ ފަރާތްތަކަށް އެކަން އެންގޭނެއެވެ. އަދި މީގެ އިތުރުން މިމަގާމަށް ކުރިމަތިލައްވާ ފަރާތްތަކަށްދެވޭ އިމްތިޙާނުގެ މަޢުލޫމާތު، މަސައްކަތު 3 ދުވަސް ކުރިން ވަޒީފާއަށް އެދިފައިވާ ފަރާތްތަކަށް އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 އޮގަސްޓް 2018 ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2018 ވަނަ އަހަރުގެ އޮގަސްޓް މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ.

 

 

  

30 ޖުލައި 2018