މަސައްކަތް
ނަންބަރު: (IUL)382/382/2018/50
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 09 ޖުލައި 2018 13:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ބުރުނީގައި އަޅަންފަށާފައިވާ ޒުވާނުންގެ މަރުކަޒުގައި ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ތ. ބުރުނީ ގައި އަޅަން ފަށާފައިވާ ޒުވާނުންގެ މަރުކަޒު ޢިމާރާތުގައި ނުނިމި ހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                  ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16  އޮގަސްޓް  2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް މިއިދާރާއަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކުންފުންޏެއްގެ ގޮތުގައި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ ގޮތުގައި މިނިސްޓްރީއޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަ ނިކަމުގައި ދެންނެވީމެވެ. މަޢުލޫމާތު ސާފްކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް އާއި މަޢުލޫމާތު ސާފްކުރާ ފަރާތުގެ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނިން ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރު ވެވެން ނެތިގެން ބަދަލުގައި އެހެން ފަރާތެއް ހަމަޖައްސަވާނަމަ އެފަރާތެއް ހަމަޖެއްސެވިކަމުގެ ރަސްމީ ލިޔުމެއް ގަޑިޖެހުމުގެ ކުރިން މި އިދާރާއަށް ހުށައަޅަންވާނެއެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ގެންނަވަންވާނެއެވެ. އެސްޓިމޭޓް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އެސްޓިމޭޓް ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާފަރާތުގެ ނަންއޮންނަންވާނެއެވެ.

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                   17 ޛުލްޤައިދާ  1439

                   30 ޖުލައި    2018

30 ޖުލައި 2018