ދިވެހިރާއްޖެ
އިޢުލާން
މި ކޮމިޝަނުގެ ނަންބަރު (A)CA-2013/741 (15 ޑިސެންބަރު 2013) ގެ އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދު ބަދަލުކުރުން
2014 ޖަނަވަރީ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ހދ. ނޮޅިވަރަންފަރުގައި ބަހައްޓާ 1 ނަންބަރު ވޯޓުފޮއްޓާއި 2 ނަންބަރު ވޯޓުފޮށީގެ ވޯޓުލާ ސަރަހައްދަށް ވަނީ މިދަންވާ ބަދަލު ގެނެވިފައެވެ. އެހެންކަމުން، މިދެންނެވި 2 ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަހައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ނަންބަރު |
# |
ހދ. ނޮޅިވަރަމު ނޮޅިވަރަންފަރު ސުކޫލުގެ 3 ކުލާސްރޫމު ހިމެނޭ ޢިމާރާތުގެ ހުޅަނގުކޮޅުގައި |
މި ފޮށްޓަށް ވޯޓުލާނީ ނޮޅިވަރަންފަރު ޗާންދަނީމަގުގެ ދެކުނުފަރާތު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ހދ. ނޮޅިވަރަންފަރު-1 |
B02.05.1 |
1 |
ހދ. ނޮޅިވަރަންފަރު ނޮޅިވަރަންފަރު ސުކޫލުގެ 3 ކުލާސްރޫމު ހިމެނޭ ޢިމާރާތުގެ އިރުމަތީ ކޮޅުގައި |
މި ފޮށްޓަށް ވޯޓުލާނީ ނޮޅިވަރަންފަރު ޗާންދަނީމަގުގެ އުތުރުފަރާތު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި ނޮޅިވަރަންފަރުގެ ދަފުތަރުގައިވާ (ހދ. ކުނބުރުދޫ، މާވައިދޫ، ފަރިދޫ އިން ނޮޅިވަރަންފަރަށް ބަދަލުވި) މީހުންނާއި، ނޮޅިވަރަންފަރުގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ. |
ހދ. ނޮޅިވަރަންފަރު-2 |
B02.05.2 |
2 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
19 ޞަފަރު 1435