މަސައްކަތް
ނަންބަރު: (IUL)56-CAS/1/2018/27
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 05 އޮގަސްޓް 2018 13:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީ ހިސާބް ބޭނުންވެއްޖެ.

     ޤައުމީ ކުތުބުޚާނާ ހިގަމުންދާ މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް އިމާރާތާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ އިމާރާތް ކޮންޓްރެކްޓް އުސޫލުން ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރ:(22.07.2018)(IUL)56/CAS/1/2018/26 އިޢުލާނާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައި އޮތް ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 އޮގަސްޓް 05 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިކުތުބުޚާނާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮގަސްޓް 07 ވާ އަންގާރަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

     މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ ( މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް )

މެދުޒިޔާރަތް މަގު، މާލެ ( ސަލްޓަން ޕާރކް އިރު އުތުރު ކަންމަތި )

17 ޛުލްޤައިދާ 1439

30 ޖުލައި 2018