މަސައްކަތް
ނަންބަރު: (IUL)GS80/2018/10
ޕަބްލިޝްކުރި ތާރީޚް: 30 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 08:16
ސުންގަޑި: 06 އޮގަސްޓް 2018 13:00
އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ފެންތާނގި ބަރި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލްގެ އޮފީސް ކައިރީގައި މިހާރު ހަދާފައި ހުރި 4 ފެންތާނގީގެ ތާނގީ ބަރި ނަގާ، މި ސްކޫލުން ދޭ ކުރެހުމާ އެއްގޮތައް، ސްކޫލު ގޯތީގެ އިރު ދެކުނު ކަނުގައި އަލުން ފެންތާނގި ބަރި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އަދި މި މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން، 2018 ޖުލައި 30 އިން 2018 އޯގަސްޓް 06 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް އުލިގަމު ސްކޫލަށް ޙާޟިރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ.

މި މަސައްކަތާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2018 އޯގަސްޓް 07 ވާ އަންގާރަ ދުވަހުގެ 11:45 ގައި އުލިގަމު ސްކޫލުގައެވެ.

އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2018 އޯގަސްޓް 12 ވާ އާދީއްތަ ދުވަހުގެ 11:45 ގައި އުލިގަމު ސްކޫލުގައެވެ.

މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާ އެޓޭޗުކުރެވިފައި ވާނެއެވެ.

30 ޖުލައި 2018