ދިވެހިރާއްޖެ
މޯލްޑިވްސް ގާރލްގައިޑްސް އެސޯސިއޭޝަން
ހ. ކްރެސެންޓް މޫން
މާލެ
ދިވެހިރާއްޖެ
ތާރީޙް: 29 ޖުލައި 2018 ނަންބަރު: MGGA/GTL/2018/05
މޯލްޑިވްސް ގާރލް ގައިޑް އެސޯސިއޭޝަންއަށް ގައިޑް ލީޑަރުންގެ އޮފިޝަލް ޔުނިފޯމް ފޮތި ސަޕްލައިކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ. |
މި އެސޯސިއޭޝަންގެ ލީޑަރުންގެ އޮފިޝަލް ޔުނިފޯމް ފޮތި މިއެސޯސިއޭޝަނުން ދައްކާ ނަމޫނާއާއި އެއްގޮތަށް ކުރިއަށް އޮތް 2 އަހަރުގެ މުއްދަތައް ތައްޔާރުކޮށް ސަޕްލައިކޮށްދޭނޭ ފަރާތެއް ބެނުންވެއެވެ.
ސުރުޙީ |
މި އެސޯސިއޭޝަންގެ ގައިޑް ލީޑަރުންގެ އޮފިޝަލް ޔުނިފޯމް ފޮތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން |
އުޞޫލް: |
މި އެސޯސިއޭޝަނުން ދައްކާ ނަމޫނާ އަދި ދެވޭ މައުލޫމާތާއި އެއްގޮތަށް |
މަޢުލޫމާތު ދިނުން: |
9 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހު މެންދުރުފަރު 2:30 އަށް މި އެސޯސިއޭޝަންގައި |
ބީލަން ހުށަހަޅަންޖެހޭ ސުންގަޑި: |
23 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 އަށް މި އެސޯސިއޭޝަންއަށެވެ. |
ނޯޓް: - މި ބީލަން ހުށަހަޅުއްވަންވާނީ ޔުނީފޯމް ފޮތީގެ ނަމޫނާއާއި އެއްގޮތަށެވެ. އަދި ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރި ވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން (ޤާނޫން ނަމްބަރ 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. - މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ. މިބިޑަށް އެންމެ ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ބިޑްތައް ބަލައިގަނެ އިވެލުއޭޓްކުރެވޭނޭ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. - މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ ނަންބަރާ ގުޅުއްވުން، ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ. މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަން ހ. ކްރެސެންޓް މޫން، މާލެ، ދިވެހިރާއްޖެ ޓެލެފޯން: 3317932 ފެކްސް: 3312701 އީމެއިލް: [email protected] |