ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)138-AS6/1/2018/344
ޕަބްލިޝްކުރި ތާރީޚް: 29 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 06 އޮގަސްޓް 2018 10:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވިލިމާލެއަށް ބޭނުންވާ 01 ލޯން މޯވަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ވިލިމާލެއަށް ބޭނުންވާ 01 ލޯން މޯވަރ މި މިނިސްޓްރީއިންދޭ ސްޕެސިފިކޭޝަން އާއި އެއްގޮތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2018/301 (19 ޖުލައި 2018) އިޢުލާން ބާޠިލްކޮށް، މި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ބޭނުންވާ ޑަމްޕް ލޮރީގެ ތަފްސީލް ތިރީގައިވާ ތާވަލްގައި އެވަނީއެވެ.

ބޭނުންވާ އަދަދު

ތަފްޞީލް

ޑެލިވަރީ ސައިޓް

01

ލޯން މޯވަރ

ޕަބްލިކް ވަރކްސް ސަރވިސަސް، ކ.މާލެ

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޯގަސްޓް 06 ވާ ހޯމަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ޖުލައި 30 ވާ އާދީއްތަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 2018 އޯގަސްޓް 06 ވާ ހޯމަ ދުވަހުގެ 09:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އާއި 3004378 އަށް ގުޅުއްވުން އެދެމެވެ. އަދި، އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 2018 އޯގަސްޓް 02 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.

29 ޖުލައި 2018