ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2018/172
ޕަބްލިޝްކުރި ތާރީޚް: 28 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 16:05
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
މި ކޮމިޝަނުގެ ނަންބަރ A)CA-2018/151 ، (A)CA-2018/160، (A)CA-2018/163) އަދި A)CA-2018/171) އިޢުލާނުގައިވާ ރިސޯޓުތަކުގެ އިތުރުން ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ރިސޯޓުތަކުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.

ނަންބަރު: A)CA-2018/172)

އިޢުލާން

މި ކޮމިޝަނުގެ ނަންބަރ A)CA-2018/151 ،(A)CA-2018/160 ,(A)CA-2018/163) އަދި A)CA-2018/171) އިޢުލާނުގައިވާ ރިސޯޓުތަކުގެ އިތުރުން ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ރިސޯޓުތަކުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރިސޯޓާއި ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ދިގަލި މޯލްޑިވްސް،

ޗިލް އައުޓް

މި ފޮށްޓަށް ވޯޓުލާނީ ދިގަލި މޯލްޑިވްސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

ދިގަލި މޯލްޑިވްސް

(ރ. ދިގަލި)

Z43.1.1

1

އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެނގެލި،

އޮފިސް އޭރިއާ

މި ފޮށްޓަށް ވޯޓުލާނީ އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެނގެލީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ.

އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެނގެލި

(ކ. ހެލެނގެލި)

Z44.1.1

2

ރިޔާސީ އިންތިޚާބު 2018ގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓާނީ ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 100 (ސަތޭކަ) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. އެހެންކަމުން ނަންބަރު A)CA-2018/151، (A)CA-2018/160، (A)CA-2018/163) އަދި A)CA-2018/171) އިޢުލާންގައިވާ ރިސޯޓުތަކާއި މި އިޢުލާންގައިވާ ރިސޯޓުތަކުގެ ތެރެއިން ރިސޯޓެއްގައި 100 (ސަތޭކަ) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ރިސޯޓެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެ ކަންވެސް އަންގަމެވެ. އަދި އެ ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންގެ ރަޖިސްޓަރީ ބާޠިލްކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެ ކަންވެސް އެންގީމެވެ.  އަދި އެފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް ފަސޭހައިން ވޯޓުލުމަށް، އެހެން ފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް 3 ދުވަހުގެ މުއްދަތެއް ދެވޭނެކަންވެސް އެންގީމެވެ.

15 ޛުލްޤައިދާ 1439

28 ޖުލައި 2018