ވަޒީފާގެ ފުރުޞަތު
ނަންބަރު: ADMHR-MPL/2018/ 144
ޕަބްލިޝްކުރި ތާރީޚް: 28 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 05 އޮގަސްޓް 2018 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ކޮމްޕެނީ ސެކްރެޓަރީ

 ވަޒީފާގެ ފުރުޞަތު (ދެޖިންސަށް)

 

މަޤާމް :

ކޮމްޕެނީ ސެކްރެޓަރީ  

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

  1. މުސާރަ:  10,500.00 ރުފިޔާ (ދިހަހާސް ފައްސަތޭކަ ރުފިޔާ)
  2. ސަރވިސް އެލަވަންސް: 4500.00ރުފިޔާ ( ހަތަރު ހާސްފައްސަތޭކަ ރުފިޔާ )
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  1. ޤާނޫނީ ދާއިރާއިން ބެޗްލާރސް ޑިގްރީއެއް ނުވަތަ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ފާހެއް އޮތުން.
  2.  ކޮމްޕެނީ ސެކްރެޓަރީ  ޓްރެއިނިންގ ޕްރޮގްރާމްއެއްގައި ބައިވެރިވެފައިވުން ނުވަތަ  ކޮމްޕެނީ ސެކްރެޓަރީކަމުގައި އުޅެފައިވުން ނުވަތަ ލީގަލް ދާއިރާގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

 

  • ލިބިފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • ކުރެވޭ އިންޓަރވިއު އަދި ލިއުމުގެ ޓެސްޓުން ފާސްވުން.
  • ޤާނޫންތަކާއި ޤަވާއިދުތަކަށް އަހުލުވެރި މިންވަރު
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ މީހެއްކަމުގައިވުން.

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 15:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު / ސީވީ (ފޯން ނަންބަރާއެކު)
  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި އިއުލާން ނަންބަރާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ.)

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު،   05 އޮގަސްޓް 2018  ވާ އާދިއްތަ ދުވަހުގެ  14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.
28 ޖުލައި 2018