ކުއްޔަށް ހިފުން
ނަންބަރު: (IUL)447-PR/1/2018/96
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 16:58
ސުންގަޑި: 30 ޖުލައި 2018 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލެ އާއި ތިލަފުއްޓާއި ދެމެދު މުވައްޒަފުން އުފުލުމަށް ފެރީ ދޯންޏެއް ކުއްޔަށްހިފުން

އިޢުލާން

މާލެ އާއި ތިލަފުއްޓާއި ދެމެދު މުވައްޒަފުން އުފުލުމަށް ފެރީ ދޯންޏެއް ކުއްޔަށްހިފުން

 

މި ސަރވިސަސް އަށް މާލެއާއި ތިލަފުއްޓާއި ދެމެދު މުވައްޒަފުން އުފުލުމަށް ފެރީ ދޯންޏެއް ކުއްޔަށްހިފުމަށް ބޭނުންވެގެން ކުރި ނަންބަރު (IUL)447-PR/1/2018/90 (18 ޖުލައި 2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އަލުން އިޢުލާންކުރަމެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސް އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް 26 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުން ފެށިގެން 29 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީގަޑީގައި ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3020853 އަށް ގުޅުއްވުން އެދެމެވެ.

25 ޖުލައި 2018