ކުއްޔަށް ހިފުން
ނަންބަރު: (IUL)438-WMPC/438/2018/200
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 01 އޮގަސްޓް 2018 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
Renting Office Space

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް  އެންޑް އެނަރޖީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕަރޓްމަންޓްގެ މަސައްކަތް ހިންގުމަށްޓަކައި އޮފީސް ސެޓަޕް ހެދޭގޮތަށްހުރި 1 ފްލޯރ އިން 2500 އަކަފޫޓަށްވުރެ ކުޑަ ނޫން ރަނގަޅު ފެންވަރެއްގެ އޮފީސް އިމާރާތެއް 1 (އެކެއް) އަހަރުގެ މުއްދަތަކަށް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު އިއުލާން (IUL)438-WMPC/438/2018/187)) އަށް އެކަށީގެންވާ ވަރަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ ދެވަނަ ފަހަރަށް ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިފަދަ އިމާރާތެއް ކުއްޔަށް ދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ބަޔާންކޮށް މި މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

  • ގޯތީގެ ނަން،
  • ކުއްޔަށް ދޫކުރާ ތަން ހުރި އިމާރާތުގެ ފަންގިފިލާގެ ޢަދަދު
  • ކުއްޔަށް ދޫކުރާ ތަން ހުރި ފަންގި ފިލާ
  • ލިފްޓު ހުރިކަން ނުވަތަ ނެތްކަން
  • މަހު ކުލި (ދިވެހި ރުފިޔާ)
  • މަހު ކުލީގެ އިތުރަށް ފައިސާއެއް ނަގާނަމަ އެފައިސާގެ ތަފްސީލު
  • ބޮޑުމިން (އަކަފޫޓު)
  • ގޯތި ހުރި ބިން އެނގޭނެ ޗާޓެއް
  • ކުއްޔަށް ދޫކުރާ ތަނުގެ ފްލޯރޕްލޭން

 

ނޯޓް: އިމާރާތް ކުއްޔަށް ހިފުމުގައި މަޖީދިމަގުން ދެކުނުގެ ސަރަޙައްދުގައިވާ އިމާރާތްތަކަށް އިސްކަންދެވޭނެ ވާހަކަ ދަންނަވަމެވެ.

ބީލަން ހުށަހެޅުން

ޝައުޤުވެރިވާ ފަރާތްތަކުން 1 އޮގަސްޓު 2018 ވާ ބުދަ ދުވަހުގެ 1000 ގެ ކުރިން، ޕްރޮޕޯސަލް ތިރީގައިވާ އެޑްރެހަށް  ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހުށައެޅުއްވުން އެދެމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވާނީ 1 އޮގަސްޓު 2018 ވާ ބުދަ ދުވަހުގެ 1000 ޖަހާ އިރު މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

ހުށަހެޅޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރެވޭ ގޮތުގެ ތަފްސީލް

އަގަށް: 60ޕޮއިންޓު

   ހުށަހެޅޭ އެންމެ ހެޔޮ އަގު

× 60

ހުށަހެޅި އަގު

 

އިމާރާތް ހުރި ތަން: 20  ޕޮއިންޓު

މަޖީދީމަގުން ދެކުނު އަދި ޗާނދަނީމަގުން ހުޅަނގު ސަރަޙައްދުގައިވާ އިމާރާތެއް ނަމަ 20 ޕޮއިންޓް ދެވޭނެއެވެ. އެހެން ސަރަހައްދެއްގައިވާ އިމާރާތެއް ނަމަ މި ކްރައިޓީއަރއިން އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.

ކުއްޔަށް ހިފާ ތަނުގައި ހުރި ފަންގިފިލާ: 20  ޕޮއިންޓު

ކުއްޔަށް ހިފާ ތަނުގެ 1 ފްލޯރގައި 2500 އަކަފޫޓު ހަމަވާނަމަ 20 ޕޮއިންޓް ދެވޭނެއެވެ. އެތަނުން 2500 އަކަފޫޓު ހަމަވަނީ 2 ޕްލޯއިން ކަމުގައިވާނަމަ 10 ޕޮއިންޓް ދެވޭނެއެވެ. އަދި އެތަނުން 2500 އަކަފޫޓު ހަމަވަނީ 2 ޕްލޯއަށްވުރެ ގިނަ ފްލޯއިން ކަމަށްވާ ނަމަ މި ކްރައިޓީއަރއިން އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.

 

ބީލަން ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

 

25 ޖުލައި 2018

25 ޖުލައި 2018