ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)BAH-AHR/BAH/2018/24
ޕަބްލިޝްކުރި ތާރީޚް: 25 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 07 އޮގަސްޓް 2018 13:00
ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު ( އެޓެންޑެންޓް )

             ބ. ދަރަވަންދޫ ޞިއްޙީމަރުކަޒުގެ  އެޓެންޓެންޓް މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު

އެޓެންޑެންޓް

މަޤާމުގެ ނަންބަރު

J-237581

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯރޓް ސްޓާރފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

ބ. ދަރަވަންދޫޞިއްޙީމަރުކަޒު / ބ. ދަރަވަންދޫ 

މުސާރަ

-/3470ރ ( ތިންހާސް ހަތަރުސަތޭކަ ހަތްދިހަ ރުފިޔާ )

ސަރވިސް އެލަވަންސް

-/1000ރ ( އެއްހާސް ރުފިޔާ )

އެހެނިހެން އެލަވަންސް:

- ސަޕޯޓިންގް ކޯ އެލަވަންސް ( މަހަކު -/1200 ރުފިޔާ )

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުންއިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް

  1. ޞިއްޙީމަރުކަޒުން ދޮންނަންޖެހޭ ތަކެތި ދޮވުމާއި އިސްތިރިކުރުން.
  2. ސިއްހީމަރުކަޒުގެ ތެރޭގައި ހުންނަ ފަރުނީޗަރާއި މެޝިނަރީ، ދޮރާއި ދޮރުފަތްތައް އަދި އެހެނިހެން ތަކެތި ފޮހެ ސާފުކުރުން.
  3. ސިއްހީމަރުކަޒުގެ ވޯޑުގެ އެނދުތަކުގެ ތަންމަތި ޤަވާއިދުން ބަދަލުކުރުމާއި އެނދުތައް ޑިސްއިންފެކްޓްކުރުން.
  4. ބަލިމީހުންނަށް ނަރސިންގ ކެއަރ ދިނުމުގައި ނަރުހުން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
  5. ލޭބަރ ރޫމް، ލެބޯޓްރީ، ޑްރެސިންގ ރޫމްފަދަ ތަނަތަނުން ނައްތާލަންޖެހޭކުނި ދުވަހުން ދުވަހަށް އިންސިނަރޭޓްކުރުން.
  6. ބަލިމީހުނަށް ބޭނުންވާ އިކްވިޕްމަންޓްސް ފަދަ ތަކެތި ދޮވެ ސާފުކުރުން އަދި އެތަކެތި ނަރުހުންގެ ބެލުމުގެ ދަށުން ސްޓެރިލައިޒްކުރުން.
  7. މަސައްކަތު މީހާ ޗުއްޓީނަގާ ޙާލަތުގައި މަސައްކަތުމީހާ ކުރާ މަސައްކަތްތައްކުރުން.
  8. އެކިއެކި ބޭނުންތަކުގައި މަރުކަޒަށް އަންނަ މީހުންނާއި ހިތްހެއޮކަމާއިއެކު މުވާމަލާތުކުރުމާއިއެކު އެމީހުންނަށް އެހީތެރިވެ މަގުދައްކައިދިނުން.
  9. މަސައކަތު މީހާނެތިދާ ހާލަތްތަކުގައި މަސައްކަތުމީހާ ކުރާ މަސައްކަތްތައް ކުރުން
  10. ޑިއުޓީގައި ހިނގާ އާދަޔާ ޚިލާފު ކަންތައްތައް ސްޕަވައިޒަރގެގޮތުގައި ހަމަޖެހިފައިވާ ބޭފުޅަކަށް ހިއްސާކޮށް  މަސްލަޙަތުހުރިގޮތެއްގައި އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން.

މަޤާމުގެ ޝަރުތުތައް

1 – ލިޔަންކިޔަން އެނގުން،

ނުވަތަ

2- މަގާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް /ހުއްދައެއް ޙާޞިލްކޮށްފައިވުން.

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv ވެބްސައިޓުންނާއި،  ބ. އަތޮޅު ހޮސްޕިޓަލުގެ ރިސެޕްޝަނުންނާއި، ބ.ދަރަވަންދޫ ޞިއްޙީމަރުކަޒުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

 2-  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

 3-  ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 7 އޯގަސްޓް 2018 ގެ 13.00 ގެ ކުރިން، ބ. އަތޮޅު ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]އަދި ފެކްސް 6608362 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،8 އޯގަސްޓް 2018 އާއި 16 އޯގަސްޓް 2018 އާ ދެމެދު، ބ. އަތޮޅު ހޮސްޕިޓަލުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ބ. އަތޮޅު ހޮސްޕިޓަލުގެ 6608309 ނަންބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ، 6608362 އެވެ.އީ-މެއިލް އެޑްރެހަކީ  [email protected]އަށެވެ.

25 ޖުލައި 2018