ދިވެހިރާއްޖެ
ސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ހޯދުން
2018 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ހޯދުމަށްކުރި އިޢުލާނާއިގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ މި އިޢުލާނު ބާޠިލުކޮށް އަލުން މިކަމަށް އިޢުލާނުކުރަމެވެ.
ވީމާ، ގެ ކުއްޔަދިނުމަށް އެދޭ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް މިސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
29 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 09:30 ގައި. |
02 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި. |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7952917 ނަންބަރު ފޯނާއެވެ.