މަސައްކަތް
ނަންބަރު: (IUL)401-C/401/2018/30
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 15:53
ސުންގަޑި: 01 އޮގަސްޓް 2018 13:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓް ޑޯ ޖިމް ހެދުމުގެ މަސައްކަތް

އައުޓް ޑޯ ޖިމް ހެދުމުގެ މަސައްކަތް

 

                  ލ. ފޮނަދޫގައި ހެދުމަށް ހަމަޖެހިފައިވާ އައުޓް ޑޯ ޖިމްގެ ވަށާފާރު ރޭނުމާއި، ޖިމްގެ ވަށައިގެން ރަނިންގ ޓެރެކެއް ހެދުމާއި އަދި ޖިމް ސެޓް ހަރުކުރުމަށް ބޭނުންވާ ބުޑުތައް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)401-C/401/2018/27(10 ޖުލައި 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން މިކަމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 އޯގަސްޓް 2018 (ބުދަ) ދުވަހުގެ 13:00 އަށް މިއިދާރާގެ މީޓިންގ ރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މި އިދާރާގެ މީޓިންގ ރޫމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީހިސާބުތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށެވެ. މިމަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

                  އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.   

24 ޖުލައި 2018