މަސައްކަތް
ނަންބަރު: :(IUL)23-AP/23/2018/164
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 15:47
ސުންގަޑި: 29 ޖުލައި 2018 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތު ރޯޝަނީ ބިލްޑިންގ 9 ވަނަ ފްލޯރގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

              މިނިސްޓްރީ އޮފް ހެލްތު ރޯޝަނީ ބިލްޑިންގ 9 ވަނަ ފްލޯރގައި ކުރަންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

11 ޒުލްގައިދާ 1439

24 ޖުލައި 2018