މަސައްކަތް
ނަންބަރު: (IUL)168-CA/1/2018/12
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 02 އޮގަސްޓް 2018 13:30
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމުގައި ޙަރަކާތްތެރިވާނެ ވޮލަންޓިޔަރުން ހޯދުމަށް ކުރި އިޢުލާނނުގެ މުއްދަތު އިތުރުކުރުން

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމުގައި ޙަރަކާތްތެރިވާނެ ވޮލަންޓިޔަރުން ހޯދުމަށް ކުރި އިޢުލާނުގެ މުއްދަތު އިތުރުކުރުން

ތާރީޚް

 

24 ޖުލައި 2018

ނަންބަރު

(IUL)168-CA/1/2018/12

ބޭނުންވާ ޢަދަދު:

25

ޝަރުތު:

  1. ޖީސީއީ އޭ ލެވެލް ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން
  2. ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ފުރިފައި ނުވުން.
  3. ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއް ކަމުގައި ނުވުން އަދި ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތެއް ކަމުގައި ނުވުން.
  4. ރިޔާސީ ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރެއް ކަމުގައި ނުވުން
  5. އަތޮޅު ތެރެއަށް ދަތުރުފަތުރު ކުރެވޭނެ ފަރާތަކަށް ވުން
  6. މަސައްކަތުގައި ގިނަ ވަގުތު އުޅެވޭނެ ފަރާތެއް ކަމުގައިވުން

މަސްއޫލިއްޔަތު

ކޮމިޝަނުން ކަނޑައަޅާ ރަށްރަށުގައި އިލެކްޝަން ޤާނޫނާއި، ކޮމިޝަނުން އެކުލަވާލާފައިވާ އުޞޫލުތަކާ އެއްގޮތަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންތައްތައް އޮބްޒާވް ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ، "2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮބްޒާރވް ކުރުމުގައި ވޮލަންޓިޔަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެދޭ ފޯމު"
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  3. ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ސުންގަޑި

02 އޮގަސްޓް 2018 ވަނަ ދުވަހުގެ 13:30 ގެ ކުރިން

އެހެނިހެން

  1. އިންތިޚާބު އޮބްޒަރވް ކުރުމަށް ރަށްރަށަށް ކުރާ ދަތުރު ތަކުގެ ޓިކެޓާއި ހުރުމާއި ކެއުމުގެ ޚަރަދު ދެވޭނެއެވެ.
  2. އިންތިޚާބު އޮބްޒަރވްކުރުމަށް މަސައްކަތް ކުރާ ވޮލަންޓިޔަރުންގެ މަސައްކަތް ނިމުމުން އޮބްޒަރވަރުންނަށް ހަނދާނީ ލިޔުމެއް ދެވޭނެއެވެ.
  3. މި މަސައްކަތަށް ހޮވޭ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ކޮމިޝަނުގެ ފަރާތުން ފޯރުކޮށްދޭނެއެވެ.
  4. 4. 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮބްޒާރވް ކުރުމުގައި ވޮލަންޓިޔަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެދޭ ފޯމު ހުށަހަޅުއްވާނީ ހިއުމަން ރައިޓްސް ކޮމިޝަނަށެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.
  5. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ.
       

                  

                                                                                                                                                      

                                                                                                                                                                 

24 ޖުލައި 2018