ދިވެހިރާއްޖެ
- ސްކޫލްގައި ކުލައާއި ދަވާދުލުމާއި ގުޅޭ:
މި ސްކޫލްގައި ހުރި ހުރިހާ ލަކުޑިދޮރާއި ދޮރުފަތްތަކުގައި ދަވާދާއި ހޯލް ހިމެނޭ އިމާރާތުގައި ކުލަ ލުމަށް ބޭނުންވެއްޖެއެވެ.
ވީމާ، ސްކޫލުން މައިގަނޑު ތަކެތި ދިނުމުން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފު ކުރުމާއި އަންދާސީ ހިސާބު ހުށައެޅުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އޮންނާނެއެވެ.
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނަ ދުވަހުގެ އެގަޑިއަށް ޙާޒިރުވެ ނުލައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށް ވެސް ތަމްސީލް ކުރެވޭނީ އެއްފަރާތެވެ.
އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި ހާޒިރުވާ ފަރާތްތަކުން އެކަންއެނގޭނޭ ލިޔުމެއް ގެންނެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6520535 ފޯނާއި ގުޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށައެޅުން |
2018 ޖުލައި 30 ވާ ހޯމަދުވަހުގެ 10:30 އަށް. |
2018 އޮގަސްޓް 2 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް. |
ނޮޅިވަރަންފަރު ސްކޫލްގައި |
ނޮޅިވަރަންފަރު ސްކޫލްގައި |