ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2018/38
ޕަބްލިޝްކުރި ތާރީޚް: 24 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 12:29
ސުންގަޑި: 30 އޮގަސްޓް 2018 13:30
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ދިވެހި ފިލްމު އެވޯޑްސް 9" (2017) ގެ ފިލްމު ބައިވެރިކުރުމުގެ ފުރުޞަތު

ދިވެހި ފިލްމީ  އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ "ދިވެހި ފިލްމު އެވޯޑްސް" 2017 ވަނަ އަހަރު ނެރެފައިވާ ފިލްމުތަކަށް ހާއްސަކޮށްގެން ޑިސެމްބަރމަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން "ދިވެހި ފިލްމު އެވޯޑްސް 9" ގައި ފިލްމުތައް ބައިވެރިކުރުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައި "ދިވެހި ފިލްމު އެވޯޑްސް 9" ގެ އުޞޫލް އާންމުކޮށް އިޢުލާންކުރަމެވެ. އެގޮތުން ފިލްމުތައް ބައިވެރިކުރުމުގެ އެންމެ ފަހު ތާރީޚަކީ 30 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. "ދިވެހި ފިލްމު އެވޯޑްސް 9" ގެ އުސޫލް އަދި ބައިވެރިވުމަށް އެދޭ ފޯމް އެން.ސީ.އޭގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެވުމަށް 3344667 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

 

24 ޖުލައި 2018