ދިވެހިރާއްޖެ
ނަންބަރު: IUL)196-C/1/2018/31)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ.
މިއޮފީހަށް 22 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)196-C/1/2018/30) އިޢުލާނާ ގުޅިގެން، މަޢުލޫމާތު ސާފުކުރުމަށް 3 (ތިނެއް) ފަރާތުން ވަޑައިގެންފައިނުވާތީ، ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 29 ޖުލައި 2018 ވަނަ ދުވަހުގެ ހެނދުނު 10:30 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 އޮގަސްޓް 2018 ވަނަ ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެންނެތްވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.
10 ޛުލްޤަޢިދާ 1439