ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2018/89
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 10 އޮގަސްޓް 2018 00:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލިއްޔަތުގެ މުދަލާ ފައިސާގެ ހިސާބުތައް ޗެކުކުރުމަށް 1 އަހަރު ދުވަހުގެ މުއްދަތަށް މީހަކުހޯދުމަށްއެދި

 

 

ކައުންސިލްގެ މާލިއްޔަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ރަގަޅަށް ޗެކުކޮށްބަލަން ބޭނުންވާތީ ، މާލިއްޔަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ހަފްތާއަކު 1 ފަހަރު ޗެކުކޮށްދެއްވުމުގެ މަސައްކަތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ މިއިދާރާގެ ނަންބަރު: (IUL)374-D/374/2018/36 (19  މާރިޗް 2018 )  ގެ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

  ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅުން 2018 އޮގަސްޓް 10 ވަނަ ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތް ކުރައްވާ ފަރާތަކަށް އެލަވަންސްގެ  ގޮތުގައި   މަހަކު -/1500 (ފަނަރަ ސަތޭކަ) ރުފިޔާ ދެވޭނެއެވެ.  އަދި މިމަސައްކަތަކީ ނުރަސްމީގަޑީގައިވެސް ކުރެވިދާނެ މަސައްކަތަކަށްވާތީ ސިވިލްސަރވިސް މުވައްޒަފުންނަށްވެސް ކުރިމަތިލެވޭނެކަމުގައި

ދަންނަވަމެވެ.

 

 

  ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

 

10   ޒުލްޤައިދާ  1439

23    ޖުލައި    2018

 

 

 

 

23 ޖުލައި 2018