ކުއްޔަށް ދިނުން
ނަންބަރު: (IUL)268/2018/17
ޕަބްލިޝްކުރި ތާރީޚް: 23 ޖުލައި 2018
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 30 ޖުލައި 2018 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ވިއްކުމުގެ ވިޔަފާރިކުރުމަށް ބަނދަރު ސަރަހައްދުން ބިން ދޫކުރުން

މިރަށު ބަނދަރު ސަރަހައްދުން، ތެޔޮ ވިއްކުގެ ވިޔަފާރި ކުރުމަށް 2000 ( ދެހާސް ) އަކަފޫޓްގެ 2 ( ދެއެއް ) ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރ (IUL)268/2018/16 ( 09 ޖުލައި 2018 ) އިޢުލާން އާއި ގުޅިގެން އެކަށީގެންވާ އަދަދަށް ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް ތެޔޮވިއްކުމުގެ ވިޔަފާރީ ކުރުމަށް ބިން ހޯދަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، ޕްރޮޕޯސަލް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 30 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 05 އޮގަސްޓް 2018ވާ އާދިއްތަ ދުވަހުގެ 13:00އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރ 6520042 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 ޖުލައި 2018