ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ ޢިދާރާ
އއ. ބޮޑުފޮޅުދޫ / ދިވެހިރާއްޖ
ނަންބަރ IUL )FS-343/343/2018/51
އިޢުލާން
ގެސްޓް ހައުސް ބީޗްގައި ކެފޭއެއް އެޅުމުގެ ފުރުސަތު :
މިކައުންސިލުން ، ރައްޔިތުންގެ ތެރެއިން ގެސްޓް ހައުސް ވިޔަފާރި ކުރާފަރާތްތަކަށް ޚައްސަކުރެވިގެން ފަރުމާ ކުރެވި ބަލަހައްޓަމުން އަންނަ ގެސްޓްހައުސް ބީޗް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އެތަނުން ފަތުރުވެރިންނަށް ބޭނުންވާނެ ޒަރޫރީ ބޭނުންތައް ފަހިކޮށްދީ ، ދެމެހެއްޓޭނިވި ގޮތެއްގައި ގެސްޓް ހައުސް ބީޗް ބަރާމާތުކޮށް ބަލަހައްޓާ ފަރާތަކަށް ، އެސަރަހައްދުގައި ގެސްޓުންނަށް ޚާއްސަ ކެފޭއެއް ޢިމާރާތްކޮށް ވިޔަފާރި ކުރުމުގެ ގޮތުން 35 ފޫޓް 50 ފޫޓް ގެ ބިމެއް ކުއްޔަށް ދިނުމަށް މިކައުންސިލުގެ 22 ވަނަ ޢާންމު ބައްދަލުވުމުން ނިންމާފައިވާތީ ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން މި ހިނގާ ޖުލައި މަހުގެ 30 ވާ ހޯމަ ދުވަހުގެ 1:15 ގައި މި ޢިދާރާއަށްރުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ، 7 އޯގަސްޓް ވާ އަންގާރަ ދުވަހު މިކަމަށް އެދި މަޢުލޫމާތު ސާފުކުރި ފަރާތްތަކުން ހުށައަޅާ ޕްރަޕޯސަލްތައް އެދުވަހު 2:00 ގެކުރިން ހުށައެޅުއްވުމަށް ދަންނަވަމެވެ.
ހުށާއެޅު ޕްރަޕޯސަލްތައް ކަނޑައި ، އެންމެރަނގަޅު ހުށައެޅުމެއް ހުށައަޅާފައިވާ ފަރާތެއް ބަލައި އެކަން ، މަސައްކަތު 5 ދުވަހުގެ ތެރޭގައި ޕްރަޕޯސަލް ހުށައަޅާފައިވާ ފަރާތްތަކަށް އެންގޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން ޕްރަޕޯސަލް ހުށައަޅުންވަން ބޭނުންފުޅުވާ އެއްވެސް ފަރާތަކަށް ، ނާދެޥޭނެ ފަދަ އުޒުރެއް ދިމާވެއްޖެނަމަ ، އެފަރާތުގެ ސިޓީއަކާއެކު އެފަރާތުން ކަނޑައަޅާ ފަރާތަކަށް ޕްރަޕޯސަލް ހުށައެޅި ދާނެއެވެ. އަދި މައުލޫމާތު ސާފް ނުކުރާ ފަރާތްތަކުގެ ޕްރަޕޯސަލް ބަލައިނުގަނޭވެ ވާހަކަ މައުލޫމާތައްޓކައި ދެންނެވީމެވެ.
ވީމާ،މިކަން އެންގުމަށްޓަކައި އާންމުކޮށް އިޢުލާންކުރަމެވެ.
10 ޒުލްޤައިދާ 1439
23 ޖުލައި 2018