ދިވެހިރާއްޖެ
ޢިއުލާން
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޒުކުރެވެމުންދާ "ސާކް ބިޒްނަސް އެސޯސިއޭޝަން ފޯރ ހޯމްބޭސްޑް ވޯރކާސް" (SABAH Project) އަށް ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުމަށް ފުރުޞަތު ހުޅުވައިލަމެވެ.
މަޤާމް 1: ޕްރޮޖެކްޓް މެނޭޖަރ |
އަދަދު: 01 |
ފެންވަރު ނުވަތަ ޝަރުތު:
|
މުސާރަ: 14,000ދިވެހި ރުފިޔާއިން ލިބޭނެއެވެ.
ސާރވީސް އެލަވަންސް: 8000 ރުފިޔާ (މަސައްކަތަށް ނުނިކުންނަ ކޮންމެ ދުވަހަކަށް 350 ރުފިޔާ އުނިކުރެވޭނެއެވެ. މީގެތެރޭގައި ބަންދުދުވަހެއްގައި ޚިދުމަތައް ނުކުންނަންޖެހިއްޖެނަމަ ބަންދުދުވަސްތައްވެސް ހިމެނޭނެއެވެ.)
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު
ވަޒީފާގެ މުއްދަތު: 1 އަހަރު
މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:00ން މެންދުރުފަހު2:00 އަށް
މަތީގައި އިއުލާންކުރެވިފައިވާ ވަޒީފާތަކުގެ އިތުރު ތަފްސީލް، މަސްއޫލިއްޔަތު އަދި ތަފްސީލް ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައި ގަންނަވާނެއެވެ.
ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރިޚަކީ 1 އޮގަސްޓ 2018 ވާ ބުދަދުވަހުގެ 14:00ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ.، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 14:00 ދެމެދު 3003018 އަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ސިޓީ ހުށަޅާނީ:
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ބޮޑުތަކުރުފާނު މަގު،
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected]