ދިވެހިރާއްޖެ
ނަންބަރު:IUL32-A4-HR/1/2018/37
އިޢުލާން
މަޤާމް: |
ސީނިއަރ ސްޓޭޓް ކައުންސެލް |
މަޤާމުގެ ނަންބަރު: |
J-252106 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
ސީ.އެސް 16 |
މަޤާމުގެ ކްލެސިފިކޭޝަން: |
ލީގަލް ސަރވިސް ޑިރެކްޓަރސް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އެޓަރނީ ޖެނެރަލްގެ އޮފީސް / މާލެ |
މުސާރަ: |
19,950 (ނަވާރަހާސް ނުވަސަތޭކަ ފަންސާސް) ރުފިޔާ |
ސަރވިސް އެލަވަންސް: |
6,750 (ހަހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާ |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
|
މަޤާމުގެ ޝަރުޠުތައް:
|
|
ހުށަހަޅަންޖެހޭ ލިޔުންތަން: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. (މި ފޯމުގެ ނަމޫނާ މި އޮފީހުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.) |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު - ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ. - ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 އޮގަސްޓު 2018 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، އެޓަރނީ ޖެނެރަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] އަދި ފެކްސް 3314109 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ. |
އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން ހުށަހެޅުމާއި އިމްތިޙާން އޮންނާނީ 2018 ވަނަ އަހަރުގެ އޮގަސްޓު ނުވަތަ ސެޕްޓެންބަރު މަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އެއް އަދަދަށް މާކްސް ލިބިފައިވާނަމަ، ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ތާރީޚުގެ ތަރުތީބުން އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު: |
މި މަޤާމަށް ޝަރުތުފުރިހަމަވާ މީހަކު ނުލިބިއްޖެނަމަ ވަގުތީ މީހުންވެސް ބޭނުން. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 3314109 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
10 ޛުލްޤަޢިދާ 1439